އެމެރިކާގެ ސައިޒް ސުމަކަށް، ހޮރުމުޒު ކަނޑުއޮޅިން ދަތުރު ކުރުމަށް ޑޮލަރުގެ ބަދަލުގައި ޔުއާން ދެއްކުމަށް އަންގައިފި
އެމެރިކާގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައިވާ ޑޮލަރުގެ ނުފޫޒު ކަނޑުވާލުމަށް އީރާނުން ފަށާފައިވާ މަސައްކަތްތައް ކާމިޔާބުވާން ފަށައިފި އެވެ. ދުނިޔޭގެ މާލީ ބާޒާރުގައި ޑޮލަރުން ކުރަމުން އައި ރަސްކަން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ބަދަލާ އެކު، ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ އިންޑިއާއިން ވެސް މިހާރު ވަނީ ހޮރުމުޒު ކަނޑުއޮޅިން ތެޔޮ ބޯޓުތައް ބޭރުކުރުމަށްޓަކައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމަށްވާ ޔުއާނުން ފައިސާ ދައްކަން ފަށާފަ އެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގައި ޑޮލަރަށް އޮތް ބަރޯސާ ކުޑަވަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ.
އީރާނުން ބުނަމުންދަނީ މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާއި ހަނގުރާމަ ނިމުނު ކަމުގައި ވިޔަސް، ހޮރުމުޒު ކަނޑުއޮޅި ކުރިން އޮތް ގޮތަށް ނޯންނާނެ ކަމަށެވެ. އަދި އެ ސަރަހައްދުން ތެޔޮ ބޭރުކުރެވޭނީ އީރާނުގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށް އެ ގައުމުން ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، ހޮރުމުޒު ކަނޑުއޮޅި ބޭނުންކުރާ ފަރާތްތަކުން ފައިސާ ދައްކަން ޖެހޭނީ ޗައިނާ ޔުއާނުން ނުވަތަ އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއަކުން ކަމަށް އީރާނުން ވަނީ އަންގާފަ އެވެ. މިއީ އެމެރިކާގެ އިގްތިސާދީ ބާރުވެރިކަމަށް ދެވޭ ވަރުގަދަ ހަމަލާއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
Ads by MACL
