ނޭމާއަށް ވޯލްޑް ކަޕްގެ ފުރުސަތު އަދި ނުގެއްލޭ؛ އެހެން ނަމަވެސް އެ ފުރުސަތު އޭނާއަށް ލިބޭނީ %100 ފިޓުވެގެން: އަންޗެލޮޓީ
ބްރެޒިލްގެ ތަރި ނޭމާއަށް ކުރިއަށް އޮތް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް އޭނާއަށް އެ ފުރުސަތު ލިބޭނީ ފިޓްނަސް ލެވެލް 100 އިންސައްތަ ފުރިހަމަވެ، އެންމެ ރަނގަޅު ފޯމުގައި ހުރެގެން ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މިހާރު ކުރިއަށްދާ މެޗުތަކަށް ނޭމާރަށް ދައުވަތު ނުދިން ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މިވަގުތު ނޭމާއަށް ސްކޮޑުން ފުރުސަތު ނުދިނީ އޭނާ %100 ފިޓް ނުވާތީ ކަމަށެވެ.
ކޯޗު ބުނީ މިވަގުތަށް ބްރެޒިލްގެ ސްކޮޑަށް ބޭނުންވަނީ އެންމެ ރަނގަޅުނ ފޯމުގައި ތިބި ކުޅުންތެރިން ކަމަށެވެ. އަދި ސްކޮޑުން ފުރުސަތު ދީފައި ވެސް އެތިބީ މިވަގުތު އެންމެ ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.
Ads by BMLއަންޗެލޮޓީގެ މި ވާހަކަތަކުން އެނގިގެންދަނީ ނޭމާ ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކަށް ވީނަމަ ވެސް، ޓީމުން ޖާގަ ހޯދުމަށްޓަކައި ފިޓްނަސްއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެވެ. ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކަށް ދާއިރު ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ފިިޒިކަލީ ގޮތުންނާއި ފޯމުގެ ގޮތުން އެންމެ ތައްޔާރަށް ތިބި ކުޅުންތެރިންނަށް ވާންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މި ނިންމުމާއެކު ނޭމާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ފިޓްނަސް ރަނގަޅުކޮށް، އަލުން އެނބުރި ކުރީގެ ކުޅުމަށް ރުޖޫއަވު މެވެ. ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލުކުރުމުގެ ފުރުސަތު ނޭމާރަށް ލިބުން ބިނާވެފައިވަނީ އޭނާގެ ފިޓްނަސް ލެވެލް ހުންނަ މިންވަރެއްގެ މައްޗަށެވެ.
Ads by MACL
