ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނދު ނުފެނުނު، މާދަމާ އަކީ ފަހު ރޯދަ ދުވަސް, ޢީދު ވާނީ ހުކުރަށް

އިސްލާމިކް މިނިސްޓްރީން އީދަށް ހަނދުނެލުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީން އީދަށް ހަނދުނެލުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

މާދާމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ދެންމެ އިޢުލާނު ކޮށްފި އެވެ.

އެ މިނިސްޓްރީން އެކަން އިޢުލާނު ކޮށްފައިވަނީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވުމަށް ފަހު އިއްވެވި ހަނދާއި ބެހޭ ޤަރާރުގަ އެވެ. އެ ޤަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާ ކަމަށެވެ.

އެހެން ކަމުން މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ ޖެހިގެން އަންނަ ހުކުުރު ދުވަހެވެ.

މިނިސްޓްރީން ހަނދު ނުފެނުކަން އިއުލާނު ކުރުމުގެ 20 އަކަށް މިނެޓުގެ ކުރިން މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ނުފެނުނު ކަން ސައުދީ އަރަބިއްޔާއިން ވެސް ވަނީ އިއުލާންކޮށްފަ އެވެ.