ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަހޫދީންނަށް އީރާނުގެ އިންޒާރެއް: މި ތައްޔާރު ވަނީ ކަލޭމެންގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިއަށް ހަދަން

ޔަހޫދީންނަށް އީރާނުގެ އިންޒާރެއް: މި ތައްޔާރު ވަނީ ކަލޭމެންގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިއަށް ހަދަން

އީރާނުގެ ހަކަތައާއި ތެލުގެ ވަސީލަތްތަކަށް ހަމަލާދިން ފަރާތްތަކުގެ ތެލާއި ގޭހުގެ މަރުކަޒު ތައް "އަންދާލައި އަޅިއަށް ހަދާލާނެ" ކަމަށް ބުނެ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޚާތަމް އަލްއަންބިޔާ ހެޑްކުއާޓާސްގެ ތަރުޖަމާނު ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ އީރާނުގެ ދެކުނުގައި ހުރި ތެލާއި ހަކަތައިގެ އިންފްރާސްޓްރަކްޗާގެ ބައެއް ތަންތަނަށް ހަމަލާދިން "ކުށްވެރިންނަށް" ދޭ ސާފު އަދި ވަރުގަދަ އިންޒާރެއް ކަމަށެވެ. މި ހަމަލާގެ ރައްދު އެންމެ އަވަސް ފުރުސަތެއްގައި ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިއާރުޖީސީގެ ބަޔާނުގައި އެމެރިކާ އާއި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ފިނޑި އަދި އިސްތިއުމާރީ އެމެރިކާގެ އަސްކަރިއްޔާއާއި، އަނިޔާވެރި ކުޑަކުދިން މަރާ ޒަޔަނިސްޓުންނަށް ކަލޭމެންގެ ސިފައިން ކަނޑުފައްތައި، އަދި  ވައިގެތެރޭގައި އުދުހޭ ސިފައިން  ކުދިކޮށް ވައިގެ ތެރައަށް ބުރުވާލާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި އިންޒާރަކީ އީރާނުގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދެވުނު ހަމަލާތަކަކާ ގުޅިގެން ދީފައިވާ އިންޒާރެކެވެ. އީރާނުން ދެކޭގޮތުގައި މި ހަމަލާތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި އިޒްރޭލެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެދާނެ ކަމަށް ބެލެވެއެވެ.