މިހާރު މިދަނީ ”ލޮލަކަށް ލޮލެއް“ ބަދަލުހިފުމުގެ އުސޫލު: އީރާނުގެ މަޖިލިސް ރައީސް
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ ހަނގުރާމައިގައި ކުރިމަތިލުންތަކުގެ މުޅިން އައު މަރުހަލާއެއް ވަނީ ފެށިފައެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޤާލީބާފް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗާއަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ އެމީހުންނަށް ލިބެމުންދާ "ނާކާމިޔާބީތައް" ފޮރުވުމަށް ކުރާ މަސައްކަތްތަކެކެވެ.
"ލޮލަކަށް ލޮލެއްގެ އުސޫލުން ބަދަލުހިފުމުގެ ހަމަ ހަމަހަމަވެ، ކުރިމަތިލުންތަކުގެ އައު މަރުހަލާއެއް މިވަނީ ފެށިފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.
Ads by BMLއެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ މަގުތަކުގައި "އައު އިންގިލާބެއް" އުފެދި، ހުރިހާ ސަރަހައްދަކަށް އެ ހަރަކާތް ފެތުރިފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.އޭނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ "އީރާނު އޮތީ ނިދާފައެވެ.
ނަމަވެސް ތިޔަބައިމީހުން އީރާނު ހޭލައްވައިފިއެވެ. ދެން އުފެދިގެންދާނީ ވަރުގަދަ ތޫފާނެކެވެ."
Ads by MACL
