ކައްޕިގެ ފަރާތުން ހެންވޭރު ހުޅަނގު ރައްޔިތުންނަށް، ވަރަށް ލޯތްބާއި އެކު ޢީދު ހަދިޔާ!
މިއަހަރުގެ ފިތުރު ޢީދާ ގުޅިގެން، ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އިބުރާހީމް (ކައްޕި)ގެ އެޔޮއެދުންތަކާއި އެކު ޚާއްސަ ޢީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގެއަކަށް ދެ ކުކުޅު ބަހައިފި އެވެ.

މި ދީލަތި އެހީއަކީ ކައްޕިގެ ފަރާތުން އެ ދާއިރާގެ ރައްޔިތުންނަށް އޮތް ލޯތްބާއި ގާތްކަން ހާމަކޮށްދިނުމުގެ ގޮތުން ފޯރުކޮށްދޭ ހަދިޔާއެކެވެ.

މި ހަރަކާތުގެ މަގުސަދަކީ އުފާވެރި ފިތުރު ޢީދު ފާހަގަކުރާއިރު، ދާއިރާގެ އާއިލާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމެވެ.

ކައްޕިގެ ފަރާތުން މި ހަދިޔާ ބަހަމުންދާއިރު، ހެންވޭރު ހުޅަނގުގެ ހުރިހާ ހުރިހާ ރައްޔިތުންނަށް ވަނީ "ޢީދު މުބާރަކް" ފޮނުއްވާފަ އެވެ.

މި ހަދިޔާ ބެހުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

Ads by MACL
