އީރާނުގެ ގޭސް ފީލްޑަށް ހަމަލާ ދިނީ އެމެރިކާއާ ގުޅިގެން ކަމަށް އިޒްރޭލުން ބުނެފި
އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް އިޒްރޭލުން ދިން ހަމަލާއަކީ އެމެރިކާއާ ގުޅިގެން ދީފައިވާ ހަމަލާއެއް ކަމަށް އިޒްރޭލުގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.
ނަމަވެސް މިފަދަ ހަމަލާއެއް ތަކުރާރުވުމަކީ ނާދިރު ކަމެއް ކަމަށްވެސް އެ އޮފިޝަލުން ބުނެފައިވެ އެވެ.
ނަން ހާމަކުރަން ބޭނުންނުވާ އިޒްރޭލުގެ ތިން އޮފިޝަލަކު މިހެން ބުނެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ވޮޝިންޓަނަށް އެނގިފައި ނުވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
Ads by BMLޓްރަމްޕް ވިދާޅުވީ އީރާނުގެ ގޭސްލް ފީލްޑަށް ދިން ހަމަލާއާއި ގުޅިގެން އެއްވެސް އެޗެއް އެމެރިކާއަށް ނޭންގޭ ކަމަށެވެ.
އިޒްރޭލުގެ މި ހަމަލާއާ ގުޅިގެން އީރާނުން ވަނީ ސަރަހައްދީ ފެންވަރުގައި ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ. މީގެ ތެރޭގައި ގަތަރުގެ ރަސް ލައްފާން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފެސިލިޓީއަށާއި، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތައް ހިމެނެ އެވެ.
މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ހަކަތަ ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މިއީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް މުހައްލިލުން ދަނީ ބުނަމުންނެވެ.
Ads by MACL
