ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާގެ އެންމެ ޒާމާނީ އެފް-35 މަރުކާގެ ފައިޓާ ޖެޓަކަށް އީރާނުން ހަމަލާދީ ހަލާކުކޮށްލައިފި

އެމެރިކާގެ އެންމެ ޒާމާނީ އެފް-35 މަރުކާގެ ފައިޓާ ޖެޓަކަށް އީރާނުން ހަމަލާދީ ހަލާކުކޮށްލައިފި

އެމެރިކާގެ އެންމެ ޒަމާނީ އެފް-35 މަރުކާގެ ފައިޓާ ޖެޓަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ޖެޓެއް އީރާނުގެ ވައިގެ ސަރަހައްދުގައި "ކޮމްބެޓް މިޝަން" އެއްގައި އުޅެނިކޮށް، ކުއްލި ހާލަތުގައި ބިމަށް ޖެއްސުމަށް މަޖުބޫރުވި ކަމަށެވެ.

"މި ފައިޓާ ޖެޓު ވަނީ ކުއްލި ހާލަތުގއި ބިންމައްޗަށް ޖައްސާފަ. އޭގެ ތިބި މީހުން ވެސް ވަނީ ސަލާމަތް ކޮށްފަ. ޖެޓް ދުއްވަން އިން ޕައިލެޓްގެ ހާލު ރަނގަޅު،" ހޯކިންސް ވިދާޅުވިއެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އެމެރިކާގެ އަސްކަރިއްޔާއިން އަދި ހާމައެއް ނުކުރެއެވެ.

އީރާނުގެ އައިއާރުޖީސީން ދައުވާ ކުރާ ގޮތުގައި އެމެރިކާގެ މި ޖެޓަށް ހަމަލާދީފައިވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.