ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ދޭ ޔަގީންކަމާއިއެކު ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެވޭނެ: މަތީން

އެމްޑަބްލިއުއެސްސީގެ ސީއީއޯ މަތީން
އެމްޑަބްލިއުއެސްސީގެ ސީއީއޯ މަތީން

ދިވެހި ރައްޔިތުންނަށް ރައީސް މި ދެއްވާ ޔަޤީން ކަމަކީ ހެޔޮވެރިކަމެއްގެ އެންމެ މުހިންމު އެއް އަސާސް ކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ  އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ. މަތީން އިތުރަށް ވިދާޅުވީ ގައުމީ މައްސަލަތަކަށް ހައްލު ހޯދާ ހެޔޮވެރިކަމެއް ޤާއިމްކުރެވޭނީ ދައުލަތުގެ އިދާރާތަކާ އިސްވެރިން މި އަސާސްގެ މަތީގައި ސާބިތުވެ ތިބެގެންކަމަށެވެ.

ދިވެހި ރައްޔިތުންނަށް ރައީސް މި ދެއްވާ ޔަޤީން ކަމަކީ ހެޔޮވެރިކަމެއްގެ އެންމެ މުހިންމު އެއް އަސާސް. ޤައުމީ މައްސަލަތަކަށް ހައްލު ހޯދާ ހެޔޮވެރިކަމެއް ޤާއިމްކުރެވޭނީ ދައުލަތުގެ އިދާރާތަކާ އިސްވެރިން މި އަސާސްގެ މަތީގައި ސާބިތުވެ ތިބެގެން.

ރައީސް ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން ނުވަތަ ރޫލް އޮފް ލޯ މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކޮށްފައިނުވާނެކަމަށާއި، އަދި ނުވަސްކުރާނެކަމަށެވެ. އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުގެންގުޅޭނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައިމިވަނީ މިމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލައަށްކަމަށް ބެލެވޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައި ވީނަމަވެސް މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ ޚިދުމަތުންވެސް ވަނީ މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށްކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް ވިދާޅުވެފައެވެ.