ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުދޫއަށް އައީ ހަމަ ރަނގަޅަށްވެސް އީދެއް، އެމްޕީ ޝާޑުއާއިއެކު ރައްޔިތުންނަށް އުފާވެރި ދުވަހެއް!

1447 ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށްޓަކައި ޚާއްސަ ސައިފޮދަކާއި އެކު އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
1447 ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށްޓަކައި ޚާއްސަ ސައިފޮދަކާއި އެކު އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން

1447 ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށްޓަކައި ޚާއްސަ ސައިފޮދަކާއި އެކު އައްޑޫ ސިޓީ ހުޅުދޫގައި ވަރަށް ކުލަގަދަ ހަރަކާތްތަކެއް ރާވައި ކުރިއަށް ގެންގޮސްފި ފައެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއަ މި ހަރަކާތްތަކުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި އޭނާގެ ދެމަފިރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި އީދު ހަރަކާތްތަކުގެ ތެރޭގައި ޢީދުސައިފޮދުގެ އިތުރުން ބިޔަ ބޮޑު ބާބަކިއުއަކާއި ލެންޓިން އެރުވުމުގެ ހާއްސަ ހަރަކާތްތަކެއް ހިމެނެއެވެ.

އީދު ދުވަހުގެ ފޯރިގަދަ ހަރަކާތްތައް


އީދު ދުވަހުގެ ހަރަކާތްތައް ފެށިގެންދިޔައީ ހެނދުނު 7:30 ގައި މަސްޖިދުލް ވަހުދާ އަދި މަސްޖިދުލް އިބްރާހިމްގައި ބޭއްވުނު ހާއްސަ އީދު ސައިފޮދަކުންނެވެ. މީގެ އިތުރުން ހެނދުނު 9:00 ގައި ހުޅުދޫ ރަށު އޮފީސް ކުރިމަތީގައި ފެންކުޅީގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މީގެ އިތުރުން މިއަދު ހަވީރު 16:00 ގައި ހުޅުދޫ ބަނދަރު ސަރަހައްދުގައި ފޯރިގަދަ މަސްރޭސް ފެށުމަށް ހަމަޖެހިފައިވާއިރު، 16:30 ގައި ރަށު އޮފީސް ކުރިމަތިން ސަގާފީ ހިންގާލުމެއް އޮންނާނެ އެވެ. މިރޭ 9:00 ގައި ހުޅުދޫ ރަސްމީ ދަނޑުގައި ހުޅުދޫ އާއި މީދޫ ބައްދަލުކުރާ ފޯރިގަދަ ފުޓްސަލް މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ފޯރިގަދަ މަސްރޭހާއި އިނާމުތައް


މަސްރޭހުގައި ބައިވެރިވާ ޓީމުތަކަށް މެމްބަރު ޝާޑުގެ ހެޔޮއެދުންތަކާއެކު ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އެއްވަނައަށް ދާ ޓީމަކަށް 10,000 ރުފިޔާ، ދެވަނައަށް 5,000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް 3,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ބައިވެރިވާ ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކުޑަކުދިންގެ ހަވީރާއި އަގުބޮޑު އިނާމުތައް


އީދުގެ ދެވަނަ ދުވަހު، މާދަމާ ހަވީރު 16:00 ގައި ހުޅުދޫ ކުޑަކުދިންގެ ޕާކުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަވީރުގައި ބައިވެރިވާ ކުދިންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ލެޕްޓޮޕް، އައިޕޭޑް އަދި ސައިކަލު ފަދަ އަގުބޮޑު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހުރިހާ ހަރަކާތްތަކަކީ ވެސް ހުޅުދޫ ރައްޔިތުންނަށް އުފާވެރި އީދެއް ހޯދައިދިނުމަށް މެމްބަރު ޝާޑު އިސްނަންގަވައިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

މެމްބަރު ޝާޑޫ އަކީ މިފަދަ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި ދާއިރާގެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނުވަން އަބަދު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.