ބިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި ޕެޓްރޯލް އަގުބޮޑުކޮށް، ގޭސް އުފައްދާ މިންވަރު 40 އިންސައްތަ އިތުރުކޮށްފި!
ބިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި ކައްކާ ގޭސް ނުވަތަ އެލްޕީޖީ ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ގައުމުގެ ތެޔޮ ކުންފުނިތައް ކަމަށްވާ ބީޕީސީއެލް، އެޗްޕީސީއެލް އަދި އައިއޯސީއެލް އިން ޕްރީމިއަމް ޕެޓްރޯލް ލިޓަރަކުން 2 ރުޕީސް ބޮޑުކޮށް، އުފައްދާ ގޭސް އުފައްދާ މިންވަރު 40 އިންސައްތަ އިތުރުކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފި އެވެ.
އިންޑިއާގައި ގޭސް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތާ މިހާރު ތިން ހަފުތާ ވެފައިވާއިރު، ސަރުކާރުން ދަނީ ގޭބިސީތަކަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަންދީ މަސައްކަތް ކުރަމުންނެވެ. މި ދަތިކަން މެދުވެރިވާން ދިމާވި މައިގަނޑު ސަބަބަކީ އިންޑިއާއަށް ބޭނުންވާ އެލްޕީޖީގެ 60 އިންސައްތަ ހިއްސާކުރާ ހުޅަނގު އޭޝިއާގެ ގައުމުތަކުން ގޭސް އެތެރެކުރުމުގައި ދިމާވި ހުރަސްތަކެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ ޕައިޕްޑް ނެޗުރަލް ގޭސް (ޕީއެންޖީ) ބޭނުންކުރުމަށް ބާރުއަޅާފަ އެވެ. ސިޓީ ގޭސް ޑިސްޓްރިބިއުޝަން (ސީޖީޑީ) ނިޒާމު ގާއިމުކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކުން ޕީއެންޖީއަށް ބަދަލުވުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Ads by BMLމީގެ އިތުރުން، ޕީއެންޖީ ނެޓްވޯކްތައް ފުޅާކުރުމަށް ބާރުއެޅުމުގެ ގޮތުން، އެ މަސައްކަތް އަވަސްކުރާ ސްޓޭޓްތަކަށް ވިޔަފާރިތަކަށް ބޭނުންވާ އެލްޕީޖީ އިތުރަށް ދޫކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި ނިޒާމަށް އިންވެސްޓްމަންޓްތައް ހޯދުމަށްޓަކައި، ލޯކަލް ޗާޖުތައް ކުޑަކުރުމާއި ހުއްދަ ދިނުމުގެ މަރުހަލާތައް އަވަސްކުރުމަށް ސްޓޭޓްތަކަށް ވަނީ އަންގާފަ އެވެ.
ސަރުކާރުން އިތުރަށް ބުނެފައިވަނީ، ގޭސް ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ހިދުމަތްތަކާއި ވިޔަފާރިތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ވިޔަފާރިތަކަށް ބޭނުންވާ އެލްޕީޖީ ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.
Ads by MACL
