ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައުދީން އީރާނާ ދެކޮޅަށް ތެދުވެއްޖެ؛ އީރާނަށް ހަމަލަދޭން އެމެރިކާއިން ދެން ބޭނުންކުރާނީ ސައުދީގެ ކިންގް ފަހުދު އެއާބޭސް!

ސައުދީން އީރާނާ ދެކޮޅަށް ތެދުވެއްޖެ؛ އީރާނަށް ހަމަލަދޭން އެމެރިކާއިން ދެން ބޭނުންކުރާނީ ސައުދީގެ ކިންގް ފަހުދު އެއާބޭސް!

ސައުދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ ތާއިފްގައި ހުންނަ ކިންގް ފަހުދު އެއާބޭސް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުންކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ދޫކޮށްލުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މިކަން ހާމަކޮށްފައިވަނީ މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ "މިޑްލް އީސްޓް އައި" އިންނެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރިޔާޟްގެ ސިޔާސަތަށް މިފަދަ ބޮޑު ބަދަލެއް އައީ އީރާނުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ. މި ނިންމުމާއެކު، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ މަސައްކަތްތަކަށް ސައުދީގެ ފުރިހަމަ ތާއީދު އޮތްކަން މިހާރު ވަނީ ހާމަވެފަ އެވެ.

އެމެރިކާ އާއި ހުޅަނގުގެ އިސް އޮފިޝަލުންނާ ހަވާލާދީ މިޑްލް އީސްޓް އައި އިން ބުނެފައިވަނީ، ސައުދީގެ ވިސްނުން މިހާރު ހުރީ އީރާނަށް އަދަބު ދިނުމަށްޓަކައި އެމެރިކާ އާއި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިއީ ސަރަހައްދީ މަސްލަހަތަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ނިންމުމެއް ކަމަށް މުހައްލިލުން ދެކެއެވެ.

ކިންގް ފަހުދު އެއާބޭސްއަކީ ސައުދީގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. މި ބޭސް އެމެރިކާއަށް ހުޅުވާލުމުން، އީރާނާ ދެކޮޅަށް ކުރެވޭ އަސްކަރީ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.