މެމްބަރު މުހައްމަދުގެ ހާއްސަ އިލްތިމާސެއް، ސިޔާސީވެރިން އެބަޖެހޭ އަމިއްލަ އެދުން ދޫކޮށް ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރަން!
ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމުގެ ޣާފިލް ކަމުން ހޭއްލަންވެއްޖެ ކަމަށާއި، ސިޔާސީ ވެރިން އަމިއްލަ އެދުން ދޫކޮށް ރައްޔިތުންނާއި ދިވެހި ގައުމުގެ މަސްލަހަތު އިސްކުރަން ވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވެއްޖެއެވެ.
މެމްބަރު މުހައްމަދު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުހައްމަދު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ހައްސާސް ނުރައްކާތެރި ހާދިސާތައް ރައްޔިތުންނަށް ކަމުގެ ހަގީގަތްއޮޅި އޮޅުންބޮޅުން ވާގޮތަށް އެކިއެކި ފަރާތްތައް މެދުވެރިކޮށް ވިސްނަދޭން ކުރަމުންދާ ހަޑިމުޑުދާރު ނާތަހުޒީބީ އަމަލުތައް މިހާރުން މިހާރައް ހުއްޓާލަން ޖެހޭ ކަމަށެވެ.
Ads by BMLއަދި 40 އަހަރު ފަހަތައް އެނބުރިލާ ދިވެހީން އުޅުނު ރީތިއުސޫލްތައް އިޔާދަކުރަން އެންމެ އެކުގައި ގުޅިގެން މަސައްކަތް ކުރަންވެއްޖެކަމަށެވެ. މީގެ އިތުރުން އަންނާންއޮތް ޖީލައް ގައުމު ހަވާކުރެވޭއިރު މިގައުމަކީ އިސްލާމީ ރިވެތި އުސޫލުން ހިނގަމުންދާ މަސްތުވާ ތަކެއްޗާ ދުރުހެލި ކުށްމަދު އެކަކު އަނެކަކު އިޙްތިރާމްކޮށް އަޅާލާ ހިނިތުންވުމާއެކު މުއާމަލާތްކޮއް އުޅޭ ރައްޔިތުންތަކަކައް ބަދަލްކުރަންޖެހޭކަމަށެވެ.
ދިވެހިރާއްޖޭގެ ސިޔާސީވެރިން އެބަޖެހޭ އަމިއްލައެދުން ދޫކޮށް ރައްޔިތުންނާއި ދިވެހިގައުމުގެ މަސްލަހަތު އިސްކުރަން . ސިޔާސީ ގޮތުން ޙިޔާލު ތަފާތުވުމުގެ ޤާފިލްކަމުން ހޭލާން . ރައްޔިތުނަށް ކުރިމަތިވާ ހައްސާސް ނުރައްކާތެރި ޙާދިސާތައް ރައްޔިތުންނަށް ކަމުގެ ހަގީޤަތްއޮޅި އޮޅުންބޮޅުން ވާގޮތައް އެކިއެކި ފަރާތް މެދުވެރިކޮއް ވިސްނަދޭން ކުރަމުންދާ ހަޑިމުޑުދާރު ނާތަހްޒީބް އަމަލްތައް މިހާރުން މިހާރައް ހުއްޓާލަން . މިއަދު ދިވެހި ޒުވާން ކުއްޖަކައް ދިމާވެގެން މިއުލޭ ސީރިއަސް ނުރައްކާތެރި މައްސަލައިގަ އަސްލާ ދިމާލައް ދާންޖެހޭ މީގެ މީގެ 40 އަހަރު ފަހަތައް އެނބުރިލާ ދިވެހީން އުޅުނު ރީތިއުސޫލްތައް އިޔާދަކުރަން އެންމެ އެކުގަ ގުޅިގެން މަސައްކަތް ކުރަންވެއްޖެ އަންނާންއޮތް ޖީލައް ގައުމު ހަވާކުރެވޭއިރު މިގައުމަކީ އިސްލާމީ ރިވެތި އުސޫލުން ހިނގަމުންދާ މަސްތުވާ ތަކެއްޗާ ދުރުހެލި ކުށްމަދު އެކަކު އަނެކަކު އިޙްތިރާމްކޮށް އަޅާލާ ހިނިތުންވުމާއެކު މުއާމަލާތްކޮއް އުޅޭ ރައްޔިތުންތަކަކައް ބަދަލްކުރަންޖެ
ޑިމަކުރަސީ އޭކިޔާ ޖައްބާރު އިސްލާމީ އުސޫލްތަކާ ދުރުހެލި ސިޔާސަތުތަކެއް އެކުލެވޭ ނިޒާމެއް ބަލައިގަނެގެންތިބެ މި % 100 މުސްލިމު ރައްޔިތުން ތަކުގެ ތެރޭގަ ފާހިޝް ކަންކަން ހައްދުފަހަނަ އަޅާ ގޮސް ތަފާތު އެކިއެކި ހިތާމަވެރި ހާދިސާތައް އިތުރުވެ ކާބަފައިންގެ ފަރާތުން ދަސްވި އުގަންނައިދިން ރީތިއުސޫލްތައް ނެތިއްޖެކަމަށެވެ. އަދި މިއީ ދިވެހިން ވިސްނާލުން މުހިންމުކަމެއް ކަމަށެވެ.
Ads by MACL
