ގަދަ ބަސްބުނި އެމްޑީޕީ އަށް ބޮޑު މުޒާހަރާއެއް ނުބޭއްވުނު، މިއީ ބޮޑު ފެއިލްވުމެއް ކަމަށް ގިނަ ބަޔަކު ދެކޭ
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ (ރިފަރެންޑަމް) އާއި ދެކޮޅަށް އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން އިއުލާނުކުރި ބޮޑު މުޒާހަރާ ނުބޭއްވި، އެކަން ފެއިލްވެގެން ނިމިއްޖެ އެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މި ބޮޑު މުޒާހަރާ އިއުލާނުކުރައްވައި، މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެ އިއުލާނަށްފަހު ފާއިތުވި ދުވަސްތަކުގައި އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް އެ ޕާޓީން ކޮށްފައިވާކަން އެނގޭކަށް ނެތެވެ.
ހަމަނުޖެހުން އުފެދޭ ގޮތަށް މުޒާހަރާ ކުރުމުގެ ދިގު ތާރީހެއް އޮތް އެމްޑީޕީގެ ތާރީޚުގައި، މިފަދަ ބޮޑު ކަމެއް އިއުލާނުކޮށް މުޒާހަރާ ނުބޭއްވި ފެއިލްވުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ އެ ޕާޓީގެ ތާރީޚުގައި މިފަދަ ބޮޑު އިއުލާނެއް ކުރުމަށްފަހު މުޒާހަރާ ނުބޭއްވި ދިޔަ ފުރަތަމަ ފަހަރެވެ.
Ads by BMLމުޒާހަރާ ބޭއްވުމުގައި އެމްޑީޕީ ފެއިލްވިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން ވެފައިވާ ތައްޔާރީތައް ވެސް ފެންނަނީ ވަރަށް ފަނޑުކޮށް، ދަށްކޮށެވެ. މި ދުވަސްވަރު އެ ޕާޓީގެ މައިގަނޑު މަސައްކަތްތައް ބިނާކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ މި ވޯޓަށް ގިނަ ސިޔާސީ ޕާޓީތަކުން ތާއީދުކުރި ނަމަވެސް، އެމްޑީޕީން ދަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. އެގޮތުން ރިފަރެންޑަމާ ދެކޮޅަށް ސިލްސިލާ ހަރަކާތްތަކެއް ހިންގުމަށް ކޮމިޓީއެއް އެކުލަވާލި ނަމަވެސް، އިންތިޚާބަށް ދެ ހަފްތާއަށް ވެފައިވާއިރު އެމްޑީޕީން އިއުލާނުކުރި އެއްވެސް ހަރަކާތެއް ހިންގޭތަނެއް ފެންނަމުޖން ނުދެއެވެ.
އެމްޑީޕީ މެމްބަރުން ވެސް ހިމެނޭހެން، ގިނަބަޔު ބުނާ ގޮތުގައި، މި ގައުމުގައި މިހާރު އެމްޑީޕީ އަކަށް ތާއީދެއް ނެތެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ އެ ޕާޓީން ކުރިޔަށް ގެންދާ އެކި ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވުމުންނެވެ. އެމްޑީޕީން ބޮޑު ޖަލްސާއެއްގެ ނަމުގައި ހަރަކާތެއް ބާއްވަިފި ނަމަ އެތަނަށް 100 މީހުން ވެސް ޖަމާ ނުވެއެވެ. އެމްޑީޕީން ދެކޭ ގޮތުގައި އެއީ އެޕާޓީއަށް އޮންނަ ތާއީދު ބޮޑުކަމުން ފެނަން މަންޒަރުތަކެވެ.
Ads by MACL
