އިރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ސުކޫލުތައް ބަންދުކޮށް، ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި
އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކުގެ ސުކޫލުތައް ބަންދުކޮށް، ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި އެވެ.
އިޒްރޭލުގެ ހޯމް ފްރަންޓް ކޮމާންޑުން ނެރުނު މި އަމުރުތަކާ ބެހޭގޮތުން އެ ގައުމުގެ ކޭން ބްރޯޑްކާސްޓަރ ފާހަގަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް ކުރިއަށް އޮތް އަންގާރަ ދުވަހާ ހަމައަށް ދެމިއޮންނާނެ އެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ނެގެވް، ލާޗިޝް އަދި ޑެޑް ސީ ސަރަހައްދުތަކުގަ އެވެ. މި ސަރަހައްދުތަކުގައި 50 އަށްވުރެ ގިނަ މީހުން އެއްވެ އުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ.
Ads by BMLކޭން ބްރޯޑްކާސްޓަރ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކުގައި ގިނަ ބަޔަކު ބައިވެރިވާ ހަރަކާތްތައް ބޭއްވޭނީ ހަމައެކަނި މިސައިލް ހަމަލާއެއްގެ އިންޒާރު ލިބުމުން ވަގުތުން ރައްކާތެރިކަން ހޯދޭނެ ފަދަ ތަންތަނެއް (ޕްރޮޓެކްޓެޑް އޭރިއާ) ހުރި ތަންތަނުގަ އެވެ.
މީގެ އިތުރުން، އިސްރާއީލުގެ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައިވަނީ މުޅި ގައުމުގެ ހުރިހާ ސުކޫލުތަކެއްގެ ކިޔެވުން ހޯމަ ދުވަހު ބަންދު ކުރުމަށެވެ. މި ފިޔަވަޅުތަކަކީ އީރާނުން ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
Ads by MACL
