ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަނިޔާގެ ސަބަބުން ބްރެޒިލް ސްކޮޑުން އެލިސަން ބާކީ ކޮށްފި

އަނިޔާގެ ސަބަބުން ބްރެޒިލް ސްކޮޑުން ބޭރުކުރި އެލިސަން
އަނިޔާގެ ސަބަބުން ބްރެޒިލް ސްކޮޑުން ބޭރުކުރި އެލިސަން

އަނިޔާގެ ސަބަބުން ކުރިއަށް އޮތް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެލިސަން ބެކާއަށް ގެއްލިއްޖެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ހަފުތާގައި ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުތަކަށް އެލިސަން ނުކުޅޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުރާސްފަތި ދުވަހު އިއުލާނުކުރި ސްކޮޑުގައި އެލިސަން ހިމެނި ނަމަވެސް، އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން މިހާރު ވަނީ ސްކޮޑުން ބޭރުކޮށްފައެވެ. އެލިސަންގެ ބަދަލުގައި ސްކޮޑަށް ނަގާފައިވަނީ ކޮރިންތިއަންސްގެ ކީޕަރު ހޫގޯ ސޫޒާއެވެ.

އުމުރުން 33 އަހަރުގެ އެލިސަންއަށް ގައުމީ ޓީމުގެ މެޗުތަކުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް މެޗުތައް ވެސް ގެއްލޭނެ އެވެ. އެގޮތުން ހޮނިހިރު ދުވަހު ލިވަޕޫލު ކުޅުނު ލީގު މެޗުގައި އެލިސަން ނުކުޅެ އެވެ. އެ މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާފައި ވަނީ ގިއޯގީ މަމަރްދަޝްވިލީއެވެ.

މި ސީޒަނަކީ އަނިޔާގެ ސަބަބުން އެލިސަންއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ސީޒަނެކެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަލަތަސާރާއި އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާއަށް ނުކުޅެވުނެވެ. އަދި އޮކްޓޯބަރުން ނޮވެމްބަރު މަހުގެ ނިޔަލަށް ހޭމްސްޓްރިންގް މައްސަލައެއްގައި ލިވަޕޫލްގެ އަށް މެޗު އޭނާއަށް ވަނީ ގެއްލިފައެވެ.

ލިވަޕޫލް މިވަގުތު އޮތީ 49 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. ގަދަ ހަތަރެއްގެ ޖާގައަކަށް އެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެއްވަނަ ކީޕަރު އެލިސަންއަށް އަނިޔާވުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.