ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔުމްނުއަށް އާންމުންގެ އެހީ: 2 ގަޑިއިރުތެރޭ 657,000 އަށްވުރެ ގިނަ ރުފިޔާ!

ޔުމްނުއަށް އާންމުންގެ އެހީ: 2 ގަޑިއިރުތެރޭ 657,000 އަށްވުރެ ގިނަ ރުފިޔާ!

ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވަން ހަމަޖެހިފައިވާއިރު އާންމުންގެ ފަރާތުން 2 ގަޑިއިރުތެރޭ 657,000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ޓިކްޓޮކް ހޮސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ޝެހެނާޒް މޫސާގެ އެކައުންޓުން ކުރިޔަށްގެންދިޔަ މި ލައިވް 11,000 މީހުން ވަނީ ބަލާފައެވެ.  މި ހަރަކާތުގައި ޑޮލަރުންނާއި ރުފިޔާއިން އާންމުން ވަނީ އެހީވެފައެވެ. އެގޮތުން ޖުމްލަ 657,824 އެވަގުތުގެ ތެރޭގައި ވަނީ ހޯދާފައެވެ.

ޔުމްނަށް ފަރުވާ ދޭން ހަމަޖެހިފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ. ޔުމްނުގެ މުޅި ފަރުވާއަށް 250،000 ރިންގިޓް ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެއީ ޑޮލަރުން ބަލާކަމަށްވާ ނަމަ ގާތްގަޑަކަށް 57,155 ޑޮލަރެވެ. 200,000 ރިންގިޓް އެޑްމިޝަން ޑިޕޮސިޓްގެ ގޮތުގައި ދޭންޖެހެއެވެ.




ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއި އެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާދީފައެވެ. ޔުމްނު ވެއްޓުނު ރޭ ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔުމްނު ވެއްޓުމުގެ ކުރީރޭ ޔުމްނު ހިމެނޭހެން އޭނާ އުޅުނީ ޖުމްލަ 8 މީހަކާއެކުގައެވެ. ފުލުހުން ވަނީ އެ މައްސަލާގައި ޝާމިލުވާ އެންމެންގެ ވަނަވަރު އާއްމު ކޮށްފައެވެ. އެމީހުންނަކީ ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ, އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް, އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ, ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ, ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް, އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު, ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ އަދި އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ އެވެ.