ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސެކުއިޑާ ރަމަޟާން ކަޕް 2026: ޗެމްޕިއަންކަން އެފްސީ ވާގައްޔަށް، އިނާމު ފައިސާ މިސްކިތު ފަންޑަށް!

ސެކުއެޑާ ރަމަޟާން ކަޕް 2026 ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ވާގަލި. މުބާރާތުގެ ޗެމްޕިއަން ކަން ހޯދުމުން ލިބުނު 25،000 ރުފިޔާ ވަނީ މިސްކިތު ފަންޑަށް ހަދިޔާ ކޮށްފަ
ސެކުއެޑާ ރަމަޟާން ކަޕް 2026 ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ވާގަލި. މުބާރާތުގެ ޗެމްޕިއަން ކަން ހޯދުމުން ލިބުނު 25،000 ރުފިޔާ ވަނީ މިސްކިތު ފަންޑަށް ހަދިޔާ ކޮށްފަ

ސެކުއެޑާ ރަމަޟާން ކަޕް 2026 ގެ ފޯރިގަދަ ފައިނަލް މެޗުގައި ސެކުއެޑާ އާ ވާދަކޮށް 9-5 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ވާގަލި ހޯދައިފި އެވެ. މި ކާމިޔާބީއާއެކު އެފްސީ ވާގަލި މިވަނީ އެންމެ ފަހުން ކޮލަމާފުށީގައި ބޭއްވުނު ތަފާތު ތިން މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ވާގަލި ޓީމު

މި މުބާރާތުގައި ރާއްޖެއިން ބޭރުގެ ދެ ކުޅުންތެރިން ބައިވެރިވެފައިވާއިރު، އެފްސީ ވާގަލި ޓީމުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކަމަށްވާ ޝާއްޕެ، ޝިޔާހް އަދި ރާއްޖޭގެ ގައުމީ ފުޓުސަލް ޓީމުގެ ގޯލް ކީޕަރު ޒައިދާން ވަނީ ކުޅެފަ އެވެ. މުޅި މުބާރާތައް ބަލާއިރުގައި ވެސް މި ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ކަން ފާހަގަކޮށްލަން ޖެހެ އެވެ.

ސެ ކުއިޑާ ރަމަޟާން ކަޕް 2026 ގެ ތެރެއިން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ޝާއްޕޭ، ޝިޔާހް، ޒައިދާން، އައްމަޑޭ އަދި ޝަނާން އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ޢަލީ ޝިޔާހް (ޝިޔަޅޭ) އެވެ.

މި މުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 14 އިން 20 އަށް ކޮލަމާފުށީ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތަކީ ޖުމްލަ 6 ޓީމަކާއެކު، ޗެމްޕިއަން ޓީމަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދޭގޮތަށް ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ވާގަލި ޓީމުން އުފާފާޅުކުރަނީ

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބުނު 25,000 ރުފިޔާގެ ފައިސާގެ އިނާމު އެފްސީ ވާގަލި އިން ވަނީ ކޮލަމާފުށީގެ މިސްކިތްތަކުގެ ފަންޑަށް ހަދިޔާކޮށްފަ އެވެ. މި ދީލަތި ނިންމުމާއެކު އެ ޓީމުން ވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް އިޖުތިމާއީ ކަންކަމުގައިވެސް ނަމޫނާ ދައްކާފަ އެވެ.