އީރާނުގެ ޖުޑީޝަރީން ބައެއް މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ޖުޑީޝަރީން ބައެއް މީޑިއާތަކާއި، ނޫސްވެރިން އަދި މަޝްހޫރު ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ފަށައިފި އެވެ.
މީގެ ތެރޭގައި ބައެއް މީޑިއާ އައުޓްލެޓްތަކާއި، ނޫސްވެރިންގެ އިތުރުން މުޖުތަމައުގައި ނުފޫޒުގަދަ ސެލެބްރިޓީން ހިމެނޭ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.
ދައުލަތުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އީރާނުގެ ޖުޑީޝަރީން ބުނެފައިވަނީ، މި ފަރާތްތަކާ ދެކޮޅަށް ގާނޫނީ މައްސަލަތައް ހުށަހަޅައި، ބައެއް މުދާ ހިފަހައްޓައި، މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބައެއް ހަރަކާތްތައް ހިންގުން މަނާކުރުމާއި، ބައެއް ނިއުސް ސައިޓްތަކާއި އެއް ނިއުސް އެޖެންސީ ބްލޮކްކުރުމުގެ އިތުރުން އެކަމާއި ބައްދަލުވުންތަކެއް ވެސް ބާއްވާފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. ނަމަވެސް، މި ފަރާތްތަކުން ކުރި ކަމަށް ބުނާ ކުށްތަކުގެ ތަފްސީލެއް ޖުޑީޝަރީން ހާމައެއް ނުކުރެ އެވެ.
Ads by BMLމި ފިޔަވަޅުތަކާ އެކު، އީރާނުގެ ސަރުކާރުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ މިހާރު 23 ދުވަސް ވެފައިވާ ކަމަށް އޮންލައިން މޮނިޓަރިން ގްރޫޕެއް ކަމަށްވާ ނެޓްބްލޮކްސް އިން ބުނެއެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް މިނިވަން ނޫސްވެރިކަމާއި މައުލޫމާތު ލިބުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
Ads by MACL
