ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމަ އިތުރަށް ފުޅާވަނީ: އީރާނާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ހަނގުރާމައަށް ނުކުންނަން ތައްޔާރުވެއްޖެ

ހަނގުރާމަ އިތުރަށް ފުޅާވަނީ: އީރާނާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ހަނގުރާމައަށް ނުކުންނަން ތައްޔާރުވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރި ގައުމުތަކުން ތައްޔާރުވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ. މި ރިޕޯޓުގައިވާ ގޮތުން ގަލްފުގެ އަރަބި ގައުމުތަކުން މިހާރު ދަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިހާރު ބޭނުންފުޅުވަނީ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކޮށް، އީރާނުގެ ނުފޫޒު ކުޑަކުރުމަށްޓަކައި ހަމަލާތަކުގައި ބައިވެރިވުމަށް ކަމަށް އެ ނޫހުން ބުނެއެވެ. ވަލީއަހުދު މިހާރު ހުންނެވީ މި ހަމަލާތަކުގައި ބައިވެރިވުމުގެ ނިންމުން ނިންމެވުމުގެ މަރުހަލާގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ މި ހަނގުރާމައިގެ ތެރެއަށް ވަނުމަކީ މިހާރު ހަމައެކަނި އޮތް ގޮތެވެ. މައްސަލަ އަށް އޮތް ހަމަ އެކަނި ހައްލުވެސް މެއެވެ. މިއީ ސަރަހައްދީ މަސްލަހަތަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ. ގަލްފުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ތެދުވުމަކީ އެމެރިކާގެ ސިޔާސަތުތަކަށް ލިބޭނެ ބޮޑު ބާރެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.