ސައުދީގެ ކަނޑުދަތުރުފަތުރާ ބެހޭ އުޅަނދުތަކަށް ދޫކުރާ ލައިސަންސްތަކަށް 30 ދުވަހުގެ ލުޔެއް ދީފި
ސައުދީ އަރަބިއްޔާގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީ (ޓީ.ޖީ.އޭ) އިން، ކަނޑުދަތުރުފަތުރުގެ އުޅަނދުފަހަރަށް ދޫކުރާ ލައިސަންސްތަކާއި މަސައްކަތް ކުރުމުގެ ހުއްދަތައް އައުކުރުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ މުއްދަތާ ގުޅޭ ޝަރުތުތަކަށް 30 ދުވަހުގެ ލުޔެއް ދިނުމަށް ނިންމައިފި އެވެ.
ހޯމަ ދުވަހު އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކަނޑުގެ ތިމާވެއްޓަށް ގެއްލުމެއް ނުވާނެ އަދި ސަލާމަތީ ރައްކާތެރިކަން ކަށަވަރުވާ ނަމަ، މި 30 ދުވަހުގެ މުއްދަތު އިތުރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
ސައުދީ ގެޒެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ލުއި ދީފައިވަނީ އަރަބި ކަނޑުއޮޅީގައިވާ ސައުދީގެ ސަރަހައްދީ ރަތްގަނޑުގެ ތެރޭގައި ދަތުރުކުރާ ސައުދީ އުޅަނދުފަހަރާއި ބޭރުގެ އުޅަނދުފަހަރަށެވެ.
Ads by BMLމި ނިންމުމަކީ މިހާރު ހުރި ދަތިތަކާ ގުޅިގެން، ކަނޑުދަތުރުފަތުރުގެ މަސައްކަތްތަކާއި އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތް ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ޚާއްޞަކޮށް ސައުދީގެ ކަނޑުގެ ސަރަހައްދުގައި ތަފާތު މަޝްރޫޢުތަކުގައި މަސައްކަތްކުރާ އުޅަނދުފަހަރުގެ ތެރެއިން، ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ނުވަތަ ރާއްޖޭން ބޭރުން ހޯދަންޖެހޭ އިންސްޕެކްޝަންތަކަށް ދިއުމަށް ދަތިވެފައިވާ އުޅަނދުފަހަރަށް މި ލުއިގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
Ads by MACL
