ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅާއި ގުޅުވައި ދައުރު ކުރީ ދޮގު ފޮޓޯތަކެއްކަން ފަޅާއަރައިފި
ޕޯޗުގަލގެ ކެޕްޓަން އަދި މުޅި ދުނިޔޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިރިހެން ދަރިފުޅު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ، 27 އަހަރުގެ ބްރެޒިލް މޮޑެލްއަކާ ރައްޓެހިވެގެން އުޅޭކަން ބުނެ މީސް މީސް މީޑުއާގައި ދައުރުވި ވާކަހަތަކަކީ ދޮގެއްކަން ފަޅާ އަރައިފި އެވެ.
ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ހާމަވިއިރު، މި ވާހަކަތައް ފެތުރެން ފެށީ ދުބާއީން މި ދެމީހުން ބައްދަލުވެފައިވާ ކަމަށް ބުނެ އާންމުވި ފޮޓޯތަކަކާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި، ރޮނާލްޑޯ ޖޫނިއާ ވަނީ ދުބާއީގެ ރެސްޓޯރެންޓަކުން އެ މޮޑެލްއާ ބައްދަލުކޮށް، ވަރަށް ކެރިގެން އޭނާއާ ވާހަކަދައްކާފައެވެ. ނަމަވެސް، މި ޚަބަރާއެކު އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވައިރަލްވެފައިވާ ފޮޓޯތަކަކީ ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ނުވަތަ އެކި މީހުންގެ ފޮޓޯތައް އެއްކޮށްގެން ހަދާފައިވާ ފޮޓޯތަކެކެވެ. އޭގެ ތެރެއިން އެއް ފޮޓޯއަކީ 2023 ވަނަ އަހަރު ބޭއްވި ފޭން މީޓް-އެންޑް-ގްރީޓް އިވެންޓެއްގެ ފޮޓޯއެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މީގެ އިތުރުން، ބައެއް ފޮޓޯތަކުން ފެންނަނީ ރޮނާލްޑޯ ޖޫނިއާއާ ވައްތަރު ގޮތެއް ހުންނަ އެހެން ކުއްޖެއް ކަމަށާއި، އެއީ ސީދާ އޭނާ ނޫން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން، ރޮނާލްޑޯގެ ދަރިފުޅާ ގުޅުވައިގެން ދެކެވޭ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ފޭކް ފޮޓޯތަކެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެކެވެ.
Ads by MACL
