ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފިޓްނަސް މައްސަލް ކުރިމަތިވެ، އިޓަލީގެ ގައުމީ ސްކޮޑުން ކިއޭސާ ބާކީކޮށްފި

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުން ފެޑެރީކޯ ކިއޭސާއަށް ފުރުސަތު ދިން ނަމަވެސް ހެދި ފިޓްނަލް ޓެސްޓުތަކުން ފާސް ނުވުމުން އޭނާ ސްކޮޑުންވަނީ ބާކީ ކޮށްފަ
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުން ފެޑެރީކޯ ކިއޭސާއަށް ފުރުސަތު ދިން ނަމަވެސް ހެދި ފިޓްނަލް ޓެސްޓުތަކުން ފާސް ނުވުމުން އޭނާ ސްކޮޑުންވަނީ ބާކީ ކޮށްފަ

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުން ފެޑެރީކޯ ކިއޭސާއަށް ފުރުސަތު ދިން ނަމަވެސް ހެދި ފިޓްނަލް ޓެސްޓުތަކުން ފާސް ނުވުމުން އޭނާ ސްކޮޑުން ބާކީ ކޮށްފި އެވެ.

އިޓަލީގެ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިއޭސާ ދެ އަހަރަށް ފަހު އަލުން ޓީމަށް ގެނައުމަށް ނިންމީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ކޯޗު ޖެނާރޯ ގަޓޫސޯ އަމިއްލައަށް އެދިގެންނެވެ.

ގައުމީ ޓީމުން އަލުން ފުރުސަތު ލިބުމާ ގުޅިގެން ކިއޭސާ ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ. ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ގޮތުން، އޭނާ ވަނީ ސްކޮޑާ ގުޅެންޖެހޭ ވަގުތަށްވުރެ މާ ކުރިން ޓީމާ ގުޅިފަ އެވެ.

ނަމަވެސް، ޓީމާ ގުޅުމަށްފަހު އޭނާގެ ހާލަތު ދެނެގަތުމަށް ހެދި ފިޒިކަލް ޓެސްޓުތަކުން އެދެވޭ ނަތީޖާއެއް ނުލިބުނެވެ. މެޗުތަކަށް ބޭނުންވާ ފިޓްނަސް ލެވެލްގައި ކިއޭސާ ނެތްކަން ޓެސްޓުތަކުން ކަށަވަރުވުމާ ގުޅިގެން، އޭނާ ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ.

މިއީ ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް ކިއޭސާއަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ވޯލްޑް ކަޕްގެ މުހިންމު މެޗުތަކެއް ކުރިމަތީގައި އޮތްއިރު، ފިޓްނަސް މައްސަލައާ ހުރެ އޭނާއަށް މި ފުރުސަތު ވަނީ ގެއްލިފަ އެވެ.