ޑީ.ސީ.އައި, އަޝްފާންގެ ޝުކުރު ސަރުކާރަށް، އިލްތިމާސް ކުރެއްވީ އެއްބައިވަންތަ ކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގަ ދެމިއޮތުމަށް!
މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ހަރުދަނާކޮށް، ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް ސަރުކާރާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން ޝުކުރު އަދާކުރައްވައިފި އެވެ.
މި މުއައްސަސާގެ 76 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖުގައި އަޝްފާން ވިދާޅުވީ، އިމިގްރޭޝަންގެ ޚިދުމަތްތައް ކުރިއަށްވުރެ ހަރުދަނާކުރުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ނުހަނު ފަޚުރުވެރިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
އެއްބައިވަންތަކަމާއެކު ޚިދުމަތް ދިނުމަށް އިލްތިމާސްކުރެއްވުން
ޑެޕިއުޓީ ކޮންޓްރޯލަރގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ހުރިހާ މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފުރިހަމަ އަދި އިތުބާރު ހުރި ޚިދުމަތްތަކަކަށް ހެދުމުގައި ދެމިތިއްބެވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
"މި މުއައްސަސާގެ ޚިދުމަތްތައް ހަރުދަނާކޮށް، ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް ތިޔަ ކުރައްވާ އިޚްލާސްތެރި މަސައްކަތްތަކަށްޓަކައި ނުހަނު ފަޚުރުވެރިކަމާއެކު ޝުކުރު ދަންނަވަން،" އަޙްމަދު އަޝްފާން ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނަކީ ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރުމާއި، ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ މުހިންމު ޒިންމާ އުފުލާ މުއައްސަސާއެވެ. 76 އަހަރުގެ ދިގު ތާރީޚެއް އޮތް މި މުއައްސަސާއިން އަންނަނީ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތްތައް ފުޅާކުރަމުންނެވެ.
ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަހުމަދު އަޝްފާން އައްޔަންކުރީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.
ޑެޕިއުޓީ ކޮންޓްރޯލަރ މަޤާމަށް ފުރުއްވަމުން ގެންދަވާ އަޝްފާން އަކީ އެ އިދާރާގައި 19 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތެކެވެ.
Ads by BML
Ads by MACL
