ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާ އާއި ސައުދީގެ ސިއްރު ގުޅުމަކީ އަހަރެމްނަށް އާކަމެއް ނޫން: އީރާން

އެމެރިކާ އާއި ސައުދީގެ ސިއްރު ގުޅުމަކީ އަހަރެމްނަށް އާކަމެއް ނޫން: އީރާން

އީރާނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ދައްކަވާ ވާހަކަފުޅުތަކަކީ އާ ވާހަކަތަކެއް ނޫން ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ސައުދީ އާއި އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް އޮންނަކަން ކަށަވަރުކޮށްދޭ މައުލޫމާތު މީގެ ކުރިން ވެސް ވަނީ ލިބިފައެވެ.

އީރާނުން ބުނި ގޮތުގައި، އިސްލާމީ މަސްލަހަތަށް ބަލައި، މި މައްސަލައިގައި މީގެ ކުރިން އަމަލުކޮށްފައިވަނީ ހަމައެކަނި ރަސްމީކޮށް ހާމަނުކޮށް އިހުތިޖާޖު ކުރުމުގެ މައްޗަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަން ފާޅުކަން ބޮޑު ގޮތެއްގައި އިއުލާނު ކުރެއްވުމާ ގުޅިގެން، މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށް އީރާނުން ދެކެއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ މިހާރު މިއީ ސައުދީ އަރަބިއްޔާއިން އެ ގައުމުގެ ސިޔާސަތު ސާފުކޮށް ހާމަކުރަންޖެހޭ ވަގުތު ކަމަށެވެ. އަދި އެމެރިކާ އާއި އިސްރާއީލުގެ އިއްތިހާދާ ވަކިވެ، ސައުދީގެ މަގާމު ސާފުކުރުމަށް އީރާނުން ވަނީ ގޮވާލާފަ އެވެ.

މި ބަޔާނަކީ ސަރަހައްދީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ހާއްސަކޮށް އެމެރިކާގެ ނުފޫޒު ސަރަހައްދުގައި އޮތް މިންވަރާ މެދު އީރާނުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެކެވެ.