ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނަކީ ޓްރަމްޕް ކަހަލަ މޮޔައަކަށް ހެއްލޭނެ ގައުމެއް ނޫން؛ އަހަރެމެން އޭނައަށް އިތުބާރެއް ނުކުރަން: އީރާން

އީރާނަކީ ޓްރަމްޕް ކަހަލަ މޮޔައަކަށް ހެއްލޭނެ ގައުމެއް ނޫން؛ އަހަރެމެން އޭނައަށް އިތުބާރެއް ނުކުރަން: އީރާން

އިސްރާއީލަށް ބޮން އެޅުން ފަސް ދުވަހުގެ މުއްދަތަކަށް މަދުކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތައް އީރާނުން ގަބޫލުކޮށްފައި ނުވާކަމަށާއި ޓްރަމްޕް ކަހަލަ މިޔައެއް ދައްކާ ވާހަތައަށް އިތުބާރު ނުކުރާނޭ ކަމަށް އީރާނުން ބުނެފި އެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި މިއީ ޓްރަމްޕް ހަނގުރާމައިގެ މައިދާނުގައި އުކުޅެއްގެ ގޮތުން ބަޔަކު މޮޔަހައްދަން ދެއްކެވި ވާހަކަފުޅުތަކެކެވެ.

މައުލޫމާތު ލިބޭގޮތުގައި، އެމެރިކާއިން މިފަދަ ހުށަހެޅުމެއް ހުށަހެޅީ އީރާނުން އިސްރާއީލާއި އެހެނިހެން ގައުމުތަކުގައި ހަލާކުކޮށްލާފައިވާ ރޭޑާ ސިސްޓަމްތަކާއި އެންޓި-އެއާކްރާފްޓް ނިޒާމުތަކުގެ ބަދަލުގައި އާ ސިސްޓަމްތައް ގާއިމުކުރުމުގެ ފުރުސަތު ހޯދުމަށެވެ. މީގެ އިތުރުން، ތެލް އަވީވަށް ބޭނުންވާ ގޮވާތަކެއްޗާއި ހަތިޔާރު ފޯރުކޮށްދިނުމަށް ވަގުތު ހޯދުމަކީ ވެސް މި ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބެލެވެއެވެ.

އީރާނުގެ މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްވަންދެން ހަނގުރާމައިގައި އެއްވެސް ހުއްޓުމެއް ނޯންނާނެއެވެ. އަދި މިހާރު އޮތް ޕްލޭނަށް ބަދަލެއް އައި ކަމުގައިވީ ނަމަވެސް، ދެން އަންނަ ބަޔަކުވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މި މައްސަލައިގައި އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތަކީ އެމެރިކާގެ ސިޔާސީ މަކަރުވެރިކަމަށް ދޫނުދިނުމުގެ ގޮތުން ގެންގުޅޭ ސިޔާސަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.