ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ހުށަހަޅާ ޝަރުތުތައް އިތުރަށް ހަރުކަށިކޮށްފި

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ހުށަހަޅާ ޝަރުތުތައް އިތުރަށް ހަރުކަށިކޮށްފި

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ހުށަހަޅާ ޑިމާންޑްތައް ނުވަތަ ޝަރުތުތައް އެ ގައުމުން އިތުރަށް ހަރުކަށިކޮށްފި އެވެ. މި މަޝްވަރާތަކުގައި އީރާނުން ވަނީ ސަރަހައްދީ އަދި އަސްކަރީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމެރިކާގެ ކިބައިން އެދިފަ އެވެ.

ތެހެރާނުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ބަންދުކުރުމާއި، ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ދިނުން ހިމެނެ އެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ނަގާ ޓޯލް ފީ ނެގުމުގެ ފުރިހަމަ ބާރު އީރާނަށް ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އަސްކަރީ އަދި ސިޔާސީ ގޮތުން އީރާނުން ހުށަހެޅި އެހެން ކަންތައްތަކުގެ ތެރޭގައި، އިޒްރޭލުން ހިޒްބުالله އަށް ދެމުންދާ ހަމަލާތައް ހުއްޓުވުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން ހިމެނެ އެވެ. އަދި އެއްވެސް ހުރަހެއް ނެތި މިސައިލް އުފެއްދުމާއި ތަރައްގީ ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އީރާނުން ވަނީ ޝަރުތުކޮށްފަ އެވެ.

އީރާނުގެ މި ހުށަހެޅުންތަކާ ގުޅިގެން އެމެރިކާގެ އޮފިޝަލުން ވިދާޅުވަނީ މިއީ ހަގީގަތާ ބަލާއިރު ވާނެ ކަންތައްތަކެއް ނޫން ކަމަށެވެ. މިފަދަ ހަރުކަށި ޝަރުތުތަކެއް އީރާނުން ކުރިމަތިކުރުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.