އީރާނުގެ އިސްފަހާންގައި ހުންނަ ދިރާސާކުރާ މައި މަރުކަޒަށް އިޒްރޭލުން ހަމަލާދީފި
އީރާނުގެ އިސްފަހާން ސިޓީގައި ހުންނަ ކަނޑުގެ އަޑީގެ ދިރާސާތައް ކުރާ މަރުކަޒަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާނޭ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، މި މަރުކަޒަކީ އީރާނުގެ ކަނޑުގެ ސިފައިންނަށް ބޭނުންވާ ސަބްމެރިންތައް އުފެއްދުމާއި، ކަނޑުގެ ސިފައިންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގައި ހުރި ހަމައެކަނި މަރުކަޒެވެ. މި ހަމަލާއާ ގުޅޭގޮތުން އީރާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ބީބީސީ ވެރިފައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ދެވުނު ވައިގެ ހަމަލާތަކެއްގައި އިސްފަހާންގައި ހުރި އުސް އިމާރާތަކަށާއި އެ ސަރަހައްދުގައި ހުރި ފިހާރަތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެ އެވެ. ނަމަވެސް، އެއީ އިޒްރޭލުން މި ބުނާ ހަމަލާތައް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ.
Ads by BML
Ads by MACL
