އީރާނުގެ ވެރިކަން ބަދަލުކުރެވޭނެ ކަމަށް މޮސާޑުން ވީ ވައުދު ފެއިލްވެ، ނަތަންޔާހޫ މާޔޫސްވެއްޖެ
އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ބަދަލުކުރުމުގެ ގާބިލުކަން އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑަށް ލިބިގެންވާ ކަމަށް ބުނެ އެ އިދާރާއިން ވީ ވައުދުތައް ފެއިލްވެފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އާއި މިޑްލް އީސްޓް އައި އިން ރިޕޯޓްކޮށްފި އެވެ.
މި ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ވެރިކަމުގެ ނިޒާމަކީ ފަސޭހައިން ވައްޓާލެވިދާނެ ނިޒާމެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވިސްނައިދިނީ މޮސާޑުންނެވެ. އަދި މޮސާޑުގެ މި ވައުދުތަކުގެ އެހީގައި، އީރާނުގެ ވެރިކަން ބަދަލުކުރެވިދާނެ ކަމުގެ ޔަގީންކަން ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދީފަ އެވެ.
ނަމަވެސް، އީރާނުގެ ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތައް ވަރަށް އަވަހަށް ފަނޑުވެ، އެ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުފެނި ވަނީ ނާކާމިޔާބުވެފަ އެވެ. މީގެ ސަބަބުން ނަތަންޔާހޫ މިހާރު މޮސާޑާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ނަތަންޔާހޫ އާއި މޮސާޑާ ދެމެދު އޮތް އިތުބާރަށް ބުރޫ އަރާފައިވާ ކަމަށް ބެލެވޭއިރު، މިއީ ސަރަހައްދީ ސިޔާސީ މަސްރަހަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
Ads by MACL
