އީރާނުގެ ހަތިޔާރު އުފައްދާ ސިނާއަތް 48 ގަޑިއިރު ތެރޭގައި އެއްކޮށް ނައްތާލަން ނަތަންޔާހޫ އަމުރުނެރެފި
އީރާނުގެ ހަތިޔާރު އުފައްދާ ސިނާއަތް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ފުނޑާލުމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިޒްރޭލުގެ އަސްކަރިއްޔާއަށް އަމުރުނެރެފައުވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.
އިޒްރޭލުގެ އިސް އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ، ނަތަންޔާހޫ މި އަމުރު ނެރެފައިވަނީ އީރާނުގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ. މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ކުރު މުއްދަތެއްގެ ތެރޭގައި އީރާނުގެ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ނެތިކޮށްލުމެވެ.
މި ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ހަތިޔާރު އުފައްދާ ކާރުޚާނާތަކާއި މަރުކަޒުތައް ހަލާކުކޮށްލުމުގެ މަސައްކަތް އަވަސްކުރުމަށް ނަތަންޔާހޫ ނިންމެވީ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރިއަށް އޮތް ރޭވުންތަކާ ގުޅޭގޮތުން މައުލޫމާތު ލިބިވަޑައިގަތުމަށް ފަހުގައެވެ.
Ads by BMLއިޒްރޭލުން އީރާނުގެ އަސްކަރީ އަމާޒުތަކަށް ދެމުންދާ ހަމަލާތައް މިހާރު ވަނީ އާދަޔާ ހިލާފަށް ވަރުގަދަކޮށްފަ އެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ވަނީ ބޮޑުވެފައެވެ.
Ads by MACL
