ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ އަސްކަރިއްޔާއިން އެމެރިކާ ސިފައިންނަށް: އަވަހަށް ކައިރިއަށް އާދޭ, މިތިބީ ކަލޭމެންގެ އިންތިޒާރުގަ!

އީރާނުގެ އަސްކަރިއްޔާއިން އެމެރިކާ ސިފައިންނަށް: އަވަހަށް ކައިރިއަށް އާދޭ, މިތިބީ ކަލޭމެންގެ އިންތިޒާރުގަ!

އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ މެސެޖެއް ދީފި އެވެ. އީރާނުން ބުނެފައިވަނީ އެމެރިކާ ސިފައިންނާ ކުރިމަތިލުމަށް އެގައުމުން އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

އީރާނުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް އަންނާނެ ވަގުތަކަށް އީރާނުން އިންތިޒާރު ކުރަމުންދާތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަދި މިފަދަ ކުރިމަތިލުމަކަށް ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު އީރާނުން ތައްޔާރުވަމުން އައިސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާ ސިފައިން ކަނޑައެޅިފައިވާ ޕޮއިންޓްތަކަށް އަންނާނެ ވަގުތަކަށް އަހަރެމެން އިންތިޒާރު ކުރަމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ.

"އާދޭ ކައިރިއަށް، އަހަރެމެން މިތިބީ ކަލޭމެންގެ އިންތިޒާރުގައ. އަދި ވޭތުވެދިޔަ 20 އަހަރު ދުވަހު އަހަރެމެން މިވަނީ 'އެސިމެޓްރިކް ވޯފެއާ' ސްޓްރެޓެޖީއެއްގެ ދަށުން މި ވަގުތަށް ތައްޔާރުވެ ތަމްރީނުވެފައި،" އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، އެމެރިކާގެ ސިފައިންނަށް ދޭން އޮތީ އެންމެ މެސެޖެއް ކަމަށާއި، އެއީ ވީހާ ވެސް ކައިރިއަށް އަވަހަށް އައުން ކަމަށްވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މިއީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ދީފައިވާ ވަރުގަދަ އިންޒާރެކެވެ.

އީރާނުން މިފަދަ މެސެޖެއް ދީފައިވަނީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް އެ ސަރަހައްދުގައި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނާ ގޮތުގައި އެގައުމުގެ އަސްކަރީ ގާބިލުކަން ހުރީ ކޮންމެ ފަދަ ހަމަލާއަކަށްވެސް ރައްދު ދެވޭ ފަދަ ވަރުގަދަ ހާލަތެއްގައެވެ.