ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީ 35 ސިފައިން މަރާލައި, 3،000 ސިފައިން ޒަޚަމްކޮށްލައިފި

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީ 35 ސިފައިން މަރާލައި, 3،000 ސިފައިން ޒަޚަމްކޮށްލައިފި

އީރާނުން ދިން ވަރުގަދަ ހައިޕަރސޮނިކް މިސައިލް ހަމަލާތަކެއްގައި އިސްރާއީލުގެ ކުދި ސިޓީތަކެއް އެއްކޮށް ސުންނާފަތިކޮށް 35 ސިފައިން މަރާލައި އެތައް ސިފައިންނެއް ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާތަކަކީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދީފައިވާ ހައިޕަ ސޮނިކް މިސައިލް ހަމަލާތަކެއް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ސުންނާފަތިކޮށްލި މި ސިޓީތަކުގައި އިސްރާއީލުގެ 10,000 އަށްވުރެ ގިނަ ސިފައިން ފިލައި ތިއްބެވެ. އީރާނުން ވަނީ މި ފުރުޞަތުގެ ބޭނުން ހިފައި، އެ ސިފައިން ތިބި ތަންތަނަށް ފަސޭހަކަމާއެކު ހައިޕަރސޮނިކް މިސައިލުން ހަމަލާދީފަ އެވެ. މި ޒަމާނީ މިސައިލްތަކަކީ ދިފާއީ ނިޒާމުތަކަށް ހުއްޓުވަން އުނދަގޫ ހަތިޔާރެއްކަން ފާހަގަކުރެވެ އެވެ.

މި ނުރައްކާތެރި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ 35 ސިފައިން މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ. މީގެ އިތުރުން 3,000 އަށްވުރެ ގިނަ ސިފައިންނަށް ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އިސްރާއީލުގެ އަސްކަރިއްޔާއަށް އެއްފަހަރާ މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އިސްރާއީލުގެ ކުދި ސިޓީތައް ވަނީ މުޅިން ސުންނާފަތިވެފައެވެ. މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތައް އަދިވެސް ދަނީ ލިބެމުންނެވެ.