ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔޫއޭއީން އީރާނާއެކު ސުލްހަވުމަށް ދެކޮޅުހަދައި، އެއްގަމު މަގުން ހަމަލާދިނުމުގައި ބައިވެރިވާން ނިންމައިފި

ޔޫއޭއީން އީރާނާއެކު ސުލްހަވުމަށް ދެކޮޅުހަދައި، އެއްގަމު މަގުން ހަމަލާދިނުމުގައި ބައިވެރިވާން ނިންމައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާއެކު ހަނގުރާމަ ހުއްޓާލުމަށް ދެކޮޅުހަދައި، އެ ގައުމާ ދެކޮޅަށް ދޭ އެއްގަމު މަގުގެ ހަމަލާތަކުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ރޮއިޓާސް އަދި ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.

މިއީ އެ ގައުމުގެ ދެމިއޮތުމާ މެދު ކުރެވޭ ބޮޑު ގަނގުރާމައެއް ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.

ޔޫއޭއީން ބުނެފައިވަނީ އެއްވެސް ސުލްހައަކަށް އެއްބަސްވުމުގެ ކުރިން، ތެހެރާނުން މުޅި ސަރަހައްދުގައި ގާއިމުކޮށްފައިވާ ނުރައްކާތެރި ނެޓްވޯކްތައް އެއްކޮށް ނައްތާލަން ޖެހޭނެ ކަމަށެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ގައުމުން ދެކެއެވެ.

އެމެރިކާގައި ހުންނަވާ ޔޫއޭއީގެ ސަފީރު ޔޫސުފް އަލް އޮތައިބާ ވަނީ، ދުނިޔޭގެ ތެލުގެ ބާޒާރަށް މުހިންމު މަގަކަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް އަލުން ހުޅުވުމަށް ކުރެވޭ މަސައްކަތްތަކުގައި ޔޫއޭއީން އަމަލީ ގޮތުން ބައިވެރިވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ސަރަހައްދަކީ ބައިނަލްއަގުވާމީ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ.

މީގެ އިތުރުން، ޔޫއޭއީން ވަނީ އެމެރިކާގެ އިގްތިސާދަށް 1.4 ޓްރިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ވެފައިވާ ވަައުދު އަލުން ކަށަވަރުކޮށްދީފަ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި އަސްކަރީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.