ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްގަމު މަގުން ކުރާ ހަނގުރާމަ ދުޝްމަނުންނަށް މާ ނުރައްކާތެރިވެފައި ބިރުވެރި ވާނެ: އީރާން

އެއްގަމު މަގުން ކުރާ ހަނގުރާމަ ދުޝްމަނުންނަށް މާ ނުރައްކާތެރިވެފައި ބިރުވެރި ވާނެ: އީރާން

އެއްގަމު މަގުން ކުރާ ހަނގުރާމައަކީ ދުޝްމަނުންނަށް މާ ނުރައްކާތެރި އަދި ބިރުވެރި ހަނގުރާމައަކަށް ވާނޭ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ބްރިގޭޑިއާ ޖެނެރަލް އަލީ ޖަހާން ޝާހީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އީރާނުގެ އެއްގަމު ސިފައިންގެ ވަމުންގެންދާ ތައްޔާރިތައް ބައްލަވާލެއްވުމަށް ނުކުމެވަޑައިގެން އީރާނުގެ ދައުލަތުގެ ޓީވީއަށް ދިން ބަސްދީގަތުމެއްގައި އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ޖެނެރަލް ޖަހާން ޝާހީ އެ ގައުމުގެ ބޯޑަރު ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި، ސިފައިންގެ ތައްޔާރީތައް ބައްލަވާލައްވާ މަންޒަރުތައް ދައްކާފައެވެ. މި ޒިޔާރަތަކީ ބޯޑަރު ބެލެހެއްޓުމުގައި ތިބި ސިފައިންގެ ހާލަތު ވަޒަންކުރުމަށް ކުރެއްވި ޒިޔާރަތެއް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އީރާނުގެ ޓީވީން ޖަހާން ޝާހީއާ ހަވާލާދީ ބުނެފައިވަނީ، އެއްގަމު މަގުން ކުރާ ހަނގުރާމަ ދުޝްމަނުންނަށް މާ ނުރައްކާތެރިވެފައި، އޭގެ ސަބަބުން ލިބޭ ގެއްލުންތައް މާ ބޮޑުވާނެ ކަމަށެވެ. މިއީ އީރާނުގެ ދިފާއީ ބާރުތަކުގެ ގާބިލުކަން ހުރި މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ދެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ.

މި ޒިޔާރަތުގައި ޖެނެރަލް ވަނީ ސިފައިންގެ ހިތްވަރު އާކޮށްދެއްވައި، ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބުމަށް އިރުޝާދު ދެއްވާފައެވެ. އީރާނުން ދަނީ ދޭތެރެ ދޭތެރެއިން އެ ގައުމުގެ އަސްކަރީ ތައްޔާރީތައް ދައްކާލައި، ބޭރުގެ ނުފޫޒުތަކަށް ރައްދު ދެމުންނެވެ.