ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާން ނެތިކޮށްލަން އެންމެ ބޮޑު "ވަދާއީ ހަމަލާ" ދިނުމަށް އެމެރިކާއިން ތައްޔާރުވަނީ

އީރާން ނެތިކޮށްލަން އެންމެ ބޮޑު "ވަދާއީ ހަމަލާ" ދިނުމަށް އެމެރިކާއިން ތައްޔާރުވަނީ

އީރާނުގެ މައްސަލައިގައި އަސްކަރީ ގޮތުން "ވަދާއީ ހަމަލާ" އެއް ދިނުމަށްޓަކައި އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ތަފާތު އަސްކަރީ ގޮތްތަކެއް ރާވައި ތައްޔާރުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ މަތީ ފަންތީގެ ދެ އޮފިޝަލަކާ ހަވާލާދީ 'އެކްސިއޯސް' ނޫހުން ވަނީ ތަފްސީލީ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

މި ރިޕޯޓްތަކުގައިވާ ގޮތުން، ޕެންޓަގަންއިން ތައްޔާރުކުރަމުންދާ ރޭވުންތަކުގެ ތެރޭގައި އެއްގަމު މަގުން ސިފައިން ފޮނުވައިގެން ދޭ ހަމަލާތަކާއި، ވައިގެ މަގުން ދޭނެ ވަރުގަދަ ހަމަލާތަކުގެ އިތުރުން ސައިބަރ ހަމަލާތައް ވެސް ހިމެނެ އެވެ. މިއީ އީރާނުން ކުރިމަތިކޮށްފާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ދިފާއީ އިދާރާތަކުން މިފަދަ ރޭވުންތަކެއް ތައްޔާރު ކުރަމުންދާއިރު، މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ޚާއްޞަކޮށް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި އެ ގައުމުގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އެމެރިކާއާއި އޭގެ ބައިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައުލޫމާތުތައް ހާމަވެފައި މިވަނީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެ، ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި ރޭވުންތަކާ ގުޅޭގޮތުން ޕެންޓަގަންއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.