ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނައިބު ރައީސް ރިސޯޓެއްގައި ޗުއްޓީ ހޭދަކުރެއްވުމުން އިދިކޮޅަށް މައްސަލައަކަށް ވެއްޖެ

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް
ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް

ދިވެހިރާއްޖޭގެ ނައިބު ރައީސް ރިސޯޓެއްގައި ޗުއްޓީ ހޭދަކުރެއްވުމުން އިދިކޮޅުފަރާތްތަކަށް މައްސަލައަކަށް ވެއްޖެއެވެ.

މިކަން ފާހަގަކޮށް އޮންލައިން ނޫހަކުން ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރިސޯޓު އޯނަރުގެ ހަރަދުގައި ނައިބް ރައީސް ޗުއްޓީއެއް ހޭދަ ކުރައްވައިފި ކަމަށެވެ. އަދި ހުންނެވީ 5000 ޑޮލަރުގެ ރޫމެއްގައި ކަމަށެވެ.

މިހަބަރާއިއެކު ގިނަބައެއްގެ ފާޑުކިޔުންވަނީ މި ނޫހަށް އަމާޒުވެފައެވެ. ނައިބު ރައީސް ޗުއްޓީ ހޭދަކުރެެއްވުމުގައި ގޮސްފައިވަނީ ވަރަށް ކުރީއްސުރެވެސް ގާތް ރަހުމަތްތެރިއެއްގެ ރިސޯޓަކަށެވެ.

އަދި މިދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ނައިބް ރައީސް ބޭނުން ކޮށްފައިނުވެއެވެ. ސެކިއުރިޓީންގެ ދަތުރު ވެސް ހަމަޖައްސާފައިވަނީ ދައުލަތުގެ ހަރަދުގައި ނޫންކަން މިނޫހަށް ވަނީ ކަށަވަރުވެފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ފާޅުގައި އިދިކޮޅު ފަރާތްތަކުން ދަނީ ދޮހުހަދައި އޮޅުވާލަމުންނެވެ. ހަގީގަތާއި ހިލާފު ދޮގުވާހަކަ ފަތުރައި އެންމެ ފަހުން ރައީސުލް ޖުމްހޫރިއްޔާގެ އާއިލާއާއި ގުޅުވައިގެންވެސް ވަނީ ވާހަކަ ފަތުރާފައެވެ.