އީރާނުން މުޅިން އަލަށް ތައާރަފްކުރި 40 ޓަނުގެ ބަރުދަން ހުންނަ 'އަލް ގާރިއާ' މިސައިލް ބޭނުންކުރަން ތައްޔާރުވެއްޖެ
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަރަށް އަވަހަށް 'އަލް ގާރިއާ' ގެ ނަމުން ނަންދެވިފައިވާ އާ މިސައިލެއް ބޭނުންކުރަން ފަށާނެކަން އިޢުލާންކޮށްފި އެވެ. މި މިސައިލަކީ އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރާ ވަރުގަދަ ހަތިޔާރެކެވެ.
މި އާ މިސައިލާ ބެހޭގޮތުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 'އަލް ގާރިއާ' މިސައިލްގެ ބަރުދަނުގައި 40 ޓަނު ހުންނާނެއެވެ. މިއީ އާދަޔާ ހިލާފު ބޮޑު އަދި ބަރު މިސައިލެއްގެ ގޮތުގައި އަސްކަރީ މާހިރުން ފާހަގަކުރެއެވެ.
މި މިސައިލަށް ދީފައިވާ ނަމަކީ ކީރިތި ގުރުއާނުގެ ސޫރަތަކަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މި މިސައިލާ ބެހޭގޮތުން ބުނެފައިވަނީ، "އަދި އަލް ގާރިއާ އަކީ ކޮބައިކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނެއްތޯ؟" މިފަދަ އިބާރާތްތަކުން މިސައިލްގެ ނުރައްކާތެރިކަމާއި ބާރުގަދަކަން ހާމަކޮށްދީފަ އެވެ.
Ads by BMLމިސައިލް ބޭނުންކުރަން ފަށާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އީރާނުން ބުނެފައިވަނީ މި މިސައިލް ބޭނުންކުރުން މިހާރު އޮތީ ވަރަށް ގާތުގައި ކަމަށެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ދިން މުހިންމު އަސްކަރީ އިންޒާރެއްގެ ގޮތުގައި ބެލެވެއެވެ.
Ads by MACL
