ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރި ތެޔޮ ޓޭންކަރަކަށް ހަމަލާދީ ގޮއްވާލައިފި

ހޮރްމޠޒް ކަނޑު އޮޅިން ދަތުރު ކުރި ތެޔޮ ބޯޓަކަށް އީރާނުން ހަމަލާދީފައި.
ހޮރްމޠޒް ކަނޑު އޮޅިން ދަތުރު ކުރި ތެޔޮ ބޯޓަކަށް އީރާނުން ހަމަލާދީފައި.

މެދުއިރުމަތީގެ މަސްރަޙް އިންތިހާއަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އީރާނުން ގޮއްވާލައިފިއެވެ.

މި ހާދިސާއާ ގުޅިގެން ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ހަމަލާ އަމާޒުވި ޓޭންކަރަކީ ސީދާ ކޮން ޤައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަދި މިހާތަނަށް ރަސްމީކޮށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އީރާނުން މީގެ ކުރިން ވަނީ އެމެރިކާ އާއި އިސްރާއީލަށް ވާގިވެރިވާ ޤައުމުތަކަށް ނިސްބަތްވާ މުދާ އުފުލާ ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭނެކަމުގެ ވަރުގަދަ އިންޒާރެއް ދީފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުގެ އަނިޔާވެރިކަމަށް އެހީތެރިވާ ކޮންމެ ފަރާތަކީ އެ މީހުންގެ އަމާޒެކެވެ.

ނަމަވެސް، މި ދެ ޤައުމާ ބައިވެރިނުވާ އަދި މިނިވަންކަމާއެކު ވިޔަފާރިކުރާ ޤައުމުތަކަށް ނިސްބަތްވާ އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިއަކީ އަމާން ސަރަޙައްދެއް ކަމުގައި އީރާނުން ބުނެފައިވެއެވެ. އީރާނުން އިތުރަށް ބުނެފައިވަނީ، އެއްވެސް އުޅަނދަކަށް ހަމަލާދިނުމުގެ ކުރިން އެއީ ކޮން ޤައުމެއްގެ އުޅަނދެއްކަން ވަރަށް ބޮޑަށް ބަލައި ކަށަވަރު ކުރާނެ ކަމަށެވެ.

އީރާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، އޮޅުމެއްގެ ތެރެއިން ވިޔަސް އެމެރިކާއާއި އިސްރާއީލަށް ނިސްބަތްނުވާ ނުވަތަ އެ ޤައުމުތަކަށް ވާގިވެރިނުވާ ޤައުމެއްގެ އުޅަނދަކަށް ހަމަލާދެވުމަކީ ވަރަށް ނާދިރު ކަމެކެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން މިހާރު ވަނީ މި ސަރަޙައްދަށް ހުއްޓިފައެވެ.