ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮވިޑް ވެކްސިން ޖެހި ކުދިންގެ ހިތުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފި

ކޮވިޑް ވެކްސިން ޖެހި ކުދިންގެ ހިތުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށްފަހު ކުޑަކުދިންގެ ހިތަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކުރެވުނު ބޮޑު ދިރާސާއަކުން، ވެކްސިން ޖެހި ބައެއް ކުދިންގެ ފަރާތުން ހިތުގެ މަސްތައް ކަމަށްވާ ހިތް ދުޅަވުމުގެ މައްސަލަ (މަޔޯކާޑައިޓިސް) ފެނިފައިވާކަމަށް ރިޕޯޓްކޮށްފި އެވެ.

1.7 މިލިއަން ކުދިން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ ވެކްސިންގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި އޭގެ ފައިދާތަކަށެވެ.

މި ދިރާސާއިން ދައްކާގޮތުގައި ވެކްސިން ޖެހުމަށްފަހު ހިތް ދުޅަވުން ނުވަތަ ޕެރިކާޑައިޓިސް ފަދަ މައްސަލަތައް ފެނިފައިވަނީ ވަރަށް މަދު ހާލަތްތަކެއްގަ އެވެ. ޚާއްޞަކޮށް ފުރާވަރުގެ ފިރިހެން ކުދިންގެ މެދުގައި މިކަން ފާހަގަކުރެވިފައިވީ ނަމަވެސް، މިއީ ވަރަށް މަދުން ދިމާވާ ކަމެއްކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި ސީޑީސީ ފަދަ އިދާރާތަކުން ބުނާގޮތުގައި، ވެކްސިންގެ ސަބަބުން ދިމާވާ މިފަދަ މަދު މައްސަލަތަކަށްވުރެ ވެކްސިން ޖެހުމުން ލިބޭ ފައިދާ މާ ބޮޑެވެ.

"ކޮވިޑް-19 ބަލީގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުގެ ނުރައްކާ މާ ބޮޑު" ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ޖެހުމަށްފަހު ހިތުގެ މައްސަލަ ދިމާވި ކުދިންގެ ހާލަތު އާންމުގޮތެއްގައި ގޯހެއް ނުވެއެވެ. އަދި ކުޑަ ފަރުވާއަކުން މިކަން ރަނގަޅުވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ކޮވިޑް ބަލި ޖެހުމުން ދިގު މުއްދަތަކަށް ސިއްހީ މައްސަލަތައް ކުރިމަތިވުމުން ކުދިން ސަލާމަތްކުރުމަށް ވެކްސިން މުހިންމު ދައުރެއް އަދާކުރެ އެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ސައްހަ މައުލޫމާތާއި ސައިންޓިފިކް ހޯދުންތަކަށް ބަރޯސާވުމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޝަރުތު ހަމަވާ ހުރިހާ ކުދިން ވެކްސިން ޖެހުމަށް ޑޮކްޓަރުން އަދިވެސް ލަފާދެއްވައެވެ. އަދި ވެކްސިނަށްފަހު ދިމާވެދާނެ ކަންކަން ސިއްހީ އިދާރާތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.