ޔަމަނުން ހަނގުރާމައިގެ ތެރެއަށް; ފުރަތަމަ އިންޒާރާއި އެކު ރަތްކަނޑުގައި އޮތް އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީ ގޮއްވާލައިފި
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ކުރާ ހަނގުރާގައި ގައި އީރާނަށް ވާދިވެރިވުމުގެ ގޮތުން ހަނގުރާމައިގެ ތެރެއަށް ވަންނަ ޔަމަނުން ނިންމައިފި އެވެ.
ޔަމަނުގެ ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސަރީ ވިދާޅުވީ އިޒްރޭލަކީ ސަރަހައްދުގެ އެންމެ ބޮޑު ބާރައް ހެދުމަށް އެގައުމަށް ވާގިވެރި ވުމަށް އެމެރިކާ އިން ބައިވެރިވެގެން އީރާނަށް ހަމަލާތައް ދޭއިރު، އެކަން ބަލަން ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަދި މި ހަނގުރާމަ އަކީ މުޅި އިސްލާމީ އުންމަތުގެ ހަނގުރާމައެއް ކަމަށާއި އަދި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކަކީ މުޅި ސަރަހައްދު އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
Ads by BMLއެގޮތުން މި ހަނގުރާމައިގައި އީރާނަށް ވާގިވެރި ވުމުގެ ގޮތުން ރަތްކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އާންމު އުޅަނދުފަހަރާއި އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެ ޔަމަނުން ވަނީ އިންޒާރު ދީފަ އެވެ. މިއީ ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި އެ ޖަމާއަތުން ނެރުނު ބަޔާނެކެވެ.
"މި ހަނގުރާމައަކީ މުޅި އުންމަތުގެ ހަނގުރާމައެއް. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދެނީ މި ސަރަހައްދު އެއްކޮށް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުމަށް،" ހޫތީންގެ ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން އިސްލާމީ ދުނިޔޭގެ މިނިވަންކަމާއި، މުސްތަގިއްލުކަން އަދި ކަރާމާތް ގެއްލިގެންދާނެ ކަމަށް ހޫތީން ބުނެފައިވެއެވެ. މި ސަބަބުތަކަށްޓަކައި ރަތްކަނޑުން ދަތުރުކުރާ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދިނުމަކީ އެ ޖަމާއަތުގެ އަމާޒެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޔަމަނުން ހަނގުރާމައިގެ ތެރެއަށް ވަންނަ ނިންމިއިރު، އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތުން ވަނީ ރަތް ކަނޑުން ދަތުރުކުރި އެމެރިކާގެ ބޯޓަކަށް ހަމަލާދީ ގޮއްވާލާފަ އެވެ.
މި އިންޒާރާއެކު ރަތްކަނޑުގެ ސަލާމަތީ ކަންކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހޫތީންގެ މި ނިންމުމަކީ ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެގެންދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
