ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލުގެ ސިފައިންގެ ލަސްކަރުގެ ހާލަތު ގޯހުންގޯހަށް؛ "ރަތް ދިދަ" އުފުލައި ނުރައްކަލުގެ އިންޒާރު ދީފި

އިޒްރޭލުގެ ސިފައިންގެ ލަސްކަރުގެ ހާލަތު ގޯހުންގޯހަށް؛ "ރަތް ދިދަ" އުފުލައި ނުރައްކަލުގެ އިންޒާރު ދީފި

އިސްރާއީލުގެ އަސްކަރިއްޔާގެ ހާލަތު އިންތިހާއަށް ގޯސްވެ، ސިފައިންގެ ލަޝްކަރު ރޫޅި ވަރު ބިނދިގެން ހިނގައިދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެ ގައުމުގެ ޗީފް އޮފް ސްޓާފް އިޔާލް ޒަމީރު ސަރުކާރުގެ ވަޒީރުންނަށް ދެއްވައިފިއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗީފް އޮފް ސްޓާފް ވަނީ ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރައްވައި ކުރިން ދުވަހަކުވެސް ނުދޭ ފަދަ ނުރައްކާތެރި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި "ރަތް ދިދަ" އުފުލާފައިވާ ކަމަށެވެ.

މި އިންޒާރަކީ އިސްރާއީލުގެ އަސްކަރިއްޔާގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ސިފައިންނަށް ކުރިމަތިވެފައިވާ ވަރުބަލިކަމާއި ގޮންޖެހުންތަކާ ގުޅިގެން ދެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ. ޒަމީރުގެ ވާހަކަފުޅުގައި އަސްކަރިއްޔާ މުޅިން އިނދަޖެހިގެން ދިއުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކަށް ވަނީ ބާރުއަޅުއްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއީ އިސްރާއީލުގެ އަސްކަރީ އިސްވެރިއަކު ސަރުކާރުގެ ސިޔާސީ ބޭފުޅުންނަށް މިހާ ސީދާކޮށް އަދި ހަރުކަށި އިބާރާތުން ދެއްވި ފުރަތަމަ އިންޒާރެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ސަރުކާރުގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ކަމަށްވެސް ޚަބަރުތައް ލިބެއެވެ.