ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާގެ ޑެލްތާ ފޯސްގެ 50 އަށްވުރެ ގިނަ ސިފައިން އީރާނުން ހައްޔަރުކޮށްފި

ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާގެ ޑެލްތާ ފޯސްގެ 50 އަށްވުރެ ގިނަ ސިފައިން އީރާނުން ހައްޔަރުކޮށްފި

ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާގެ ޑެލްޓާ ފޯސް ނުވަތަ ސެންޓްކޮމް އަށް ނިސްބަތްވާ 50 އަށްވުރެ ގިނަ ސިފައިން ވަނީ އީރާނުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފި އެވެ.

މި ސިފައިން ހައްޔަރުކުރި އިރު، އެމީހުންގެ އަތުން އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ފެނިފައިވާ ކަމަށް އީރާނުން ބުނެއެވެ.

މިއީ މިފަދަ ގޮތަކަށް އެމެރިކާގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅިން އީރާނުގެ ބާރުގެ ދަށަށް ގެނައި ދެވަނަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ތަރުޖަމާނު ވިދާޅުވީ، "އީރާނަކީ ވެނެޒުއޭލާއެއް ނޫން" ކަމަށާއި، އެމެރިކާއިން މިފަދަ ބޮޑު ގޯހެއް ދެވަނަ ފަހަރަށް ތަކުރާރުކޮށްފައިވާ ކަމަށެވެ.

އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ސިފައިން ހައްޔަރުކުރެވުނީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

އައިއާރުޖީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަނެވުނު ހަތިޔާރުތަކަކީ ވަރަށް މަތީ ފަންތީގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ތަކެއްޗެވެ. މި ހާދިސާއަކީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަށްވެސް އޭގެ އަސަރު ފޯރާފާނެ ކަމެއް ކަމަށް މުހައްލިލުން ލަފާކުރެއެވެ.