އައްޑޫގަައި ބާއްވާ އެންމެ ބޮޑު ވެހިކަލް ބުރު މިއަދު ހަވީރު
ފަހުގެ ތާރީހެއްގައި އައްޑޫ ސިޓީގައި ބާއްވާ އެންމެ ބޮޑު ވެހިކަލް ބުރު މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގަައި ހުޅުދޫ ބަނދަރު ސަރަހައްދުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ހިމެނޭހެން އައްޑޫގެ ގިނަ ރައްއްޔިތުން ބައިވެރިވާ މި ވެހިކަލް ބުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް އޮތް ތާއީދު ދައްކާލުމުގެ ގޮތުންނާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އާއެކޭ ބުނެ، ކުރިއަށް ގެންދާ ވެހިކަލް ބުރެކެވެ.
Ads by BMLލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު، ލޯކަލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަނީ 1،368 ކެންޑިޑޭޓުންނެވެ.
Ads by MACL
