ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާންގެ މި ހިތްވަރު ގަދަ އަންހެން ކޮމާންޑަރ؛ އާއިލާއަށް ބަދަލުހިފުމަށް އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ ހަމަލާތަކެއް ދިން

އީރާންގެ މި ހިތްވަރު ގަދަ އަންހެން ކޮމާންޑަރ؛ އާއިލާއަށް ބަދަލުހިފުމަށް އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ ހަމަލާތަކެއް ދިން

އީރާނުގެ އަންހެން ކޮމާންޑަރެއް ކަމަށްވާ މަރިޔަމް ނަވީދީ، އެމެރިކާއާއި އިޒްރޭލުގެ މުހިންމު އަމާޒުތަކަށް 40 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް  އީރާނުގެ މީޑިއާއިން ރިޕޯޓު ކޮށްފި އެވެ. މި ހަމަލާތަކަކީ ސަރަހައްދީ ގޮތުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ދީފައިވާ ހަމަލާތަކެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮމާންޑަރު މަރިޔަމް ނަވީދީ މި ހަމަލާތައް ދޭން ފަށާފައިވަނީ އޭނާގެ މުޅި އާއިލާ އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި ޝަހީދު ވުމާއި ގުޅިގެންނެވެ. އާއިލާގެ އެންމެން ވަކިވެދިއުމަށްފަހު، އޭނާ މިހާރު ހަރަކާތްތެރިވަމުންދަނީ އެކަނި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މަރިޔަމް ނަވީދީގެ މި އަމަލުތަކަކީ އޭނާގެ އާއިލާއަށް ދީފައިވާ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުގައި ބެލެވޭއިރު، އޭނާ ވަނީ ފާއިތުވި މުއްދަތުގައި އެމެރިކާއާއި އިޒްރޭލުގެ އެކި އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.