ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސް ހިފަން ގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ

ގދ. ފިޔޯރީ. -- ފޮޓޯ/ފިޔޯރީ.އެމްވީ
ގދ. ފިޔޯރީ. -- ފޮޓޯ/ފިޔޯރީ.އެމްވީ

ގދ. ފިޔޯރީގައި ދާ ޖާހައިގެން މަސް ހިފަން ގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ އެވެ.


ފުލުހުން ބުނީ އެރަށުގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދުގެ މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.



ނިޔާވެފައި ވަނީ އެ ރަށު ގަހާކޯޅި، މުހައްމަދު ހުސައިން، 79، އެވެ.



އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.



އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.