ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލުގައި ހަނގުރާމަ އާއި ދެކޮޅަށް އާންމުން ނުކުމެ ކުރަމުންދިޔަ މުޒާހަރާ، ސިފައިން ބާރުގެ ބޭނުންކޮށް ރޫޅާލައިފި

އިޒްރޭލުގައި ހަނގުރާމަ އާއި ދެކޮޅަށް އާންމުން ނުކުމެ ކުރަމުންދިޔަ މުޒާހަރާ، ސިފައިން ބާރުގެ ބޭނުންކޮށް ރޫޅާލައިފި

ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް އިޒްރޭލުގެ ރާބިން ސްކޮޔަރގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކު، ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފި އެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު މުޒާހަރާ އެވެ.

މަންޒަރު ދުށް ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި، މީގެ ކުރިން ބޭއްވި މިފަދަ ހުރިހާ އެއްވުންތަކެއްވެސް ފުލުހުން ވަނީ ހުރަސް އަޅައި އަނިޔާވެރިކޮށް ރޫޅާލާފަ އެވެ. ނަމަވެސް މިފަހަރުގެ މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެ އެވެ.

ފުލުހުން މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށް ވަރަށް ބޮޑަށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފައިވެ އެވެ.

މި މަންޒަރުތައް ކަވަރު ކުރުމަށް ބޭރުގެ ގިނަ މީޑިއާތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އިޒްރޭލުގެ މީޑިއާތައް އެ ސަރަހައްދުން ފެންނަނީ ވަރަށް މަދުންނެވެ. މިއީ ބޭރު ދުނިޔޭގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ފުލުހުންގެ އަމަލުތަކަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ގުދުސް ނުވަތަ ބްނެއި ބްރަކް ފަދަ ހަރުކަށި ދީނީ މީހުން އުޅޭ ސަރަހައްދުތަކުގައި ބާއްވާ އެއްވުންތައް ރޫޅާނުލެވޭނެ ކަމަށް ފުލުހުން ބުނާ ބުނުމާއި، މިފަދަ ސިޔާސީ މުޒާހަރާތަކާ މެދު އަމަލުކުރާ ގޮތުގެ ތަފާތު ބޮޑުކަން އާންމުން ދަނީ ފާހަގަކުރަމުންނެވެ.