ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާންގެ ސްކޫލަކަށް ބޮން އަޅައި 168 ކުޑަކުދިން ޝަހީދުކޮށްލި އެމެރިކާގެ ޕައިލެޓް މަރާލައިފި

އީރާންގެ ސްކޫލަކަށް ބޮން އަޅައި 168 ކުޑަކުދިން ޝަހީދުކޮށްލި އެމެރިކާގެ ޕައިލެޓް މަރާލައިފި

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އަލް-ޚަރްޖް އަސްކަރީ މަރުކަޒަށް ދިން ރޮކެޓް ހަމަލާއެއްގައި، އެމެރިކާގެ ޕައިލެޓް ޓޭލާ ޖޭގާ މަރާލައިފިއެވެ. ޖޭގާ އަކީ އީރާންގެ ތެހެރާނަށް ދިން ފުރަތަމަ ވައިގެ ހަމަލާގައި ބައިވެރިވި މުހިންމު ފަރާތެކެވެ.

ޓޭލާ ޖޭގާގެ މައްޗަށް ވަނީ ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތު ކުރެވިފައެވެ. އެގޮތުން އީރާންގެ އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ބޮން އެޅުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާއިރު، އެ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 168 އަންހެން ދަރިވަރުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އަލް-ޚަރްޖް ބޭހަށް ދިން މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.

ޖޭގާ މަރާލެވުނު މި ހަމަލާއަކީ އޭނާ ކުރި ކަމަށް ބުނާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ދެވުނު ބަދަލުހިފުމުގެ ހަމަލާއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.