ހިޒްބުﷲއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ، ސީރިއާގެ ރައީސް އަލް ޝަރާ ވަގުތުން މަރާލަން އިޒްރޭލުން އަމުރުނެރެފި
ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ އަކީ ބޭރުފުށުން ހިޒްބުالله އާ ދެކޮޅުވެރިކަން ދެއްކި ނަމަވެސް، ސިއްރިއްޔާތުގައި އެ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެހީތެރިވަމުންދާ މީހެއް ކަމަށް ތުހުމަތުކޮށް އޭނާ މިހާރުން މިހާރަށް މަރާލުމަށް އިޒްރޭލުގެ އަސްކަރިއްޔާއަށް އަމުރުކޮށްފި އެވެ.
އިސްރާއީލުގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި އަލް ޝަރާ ހިންގާ މި އޮޕަރޭޝަނަކީ މިއީ ތުރުކީގެ އިރުޝާދުގެ ދަށުން ހިންގާ ސިއްރު އޮޕަރޭޝަނެކެވެ.
އިސްރާއީލުން ކުރާ ތުހުމަތުތަކުގައި ބުނެފައިވަނީ، އަލް-ޝަރާ އާންމުކޮށް ހިޒްބުالله އަށް ފާޑުކިޔައި ދެކޮޅުވެރިކަން ފާޅުކުރަނީ ތުރުކީން އަންގާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް، މި ދެއްކުންތެރިކަމުގެ ފަހަތުގައި އޭނާ ދަނީ ހިޒްބުالله އަށް ބޭނުންވާ މުހިންމު ހަތިޔާރުތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދެމުންނެވެ.
Ads by BMLމި މައްސަލައާ ގުޅިގެން އިސްރާއީލުގެ އަސްކަރީ ކޮމާންޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަހުމަދު އަލް-ޝަރާ އަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، އޭނާ ވީ އެންމެ އަވަހަކަށް މަރާލުމަށް ކޮމާންޑަރުން ވަނީ ގޮވާލާފައެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ތުރުކީން ނުވަތަ އަލް-ޝަރާގެ ފަރާތުން ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މި ތުހުމަތުތަކުގެ ސަބަބުން ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
