އީރާނަށް އެއްގަމު މަގުން އަރައިފިނަމަ އެމެރިކާ ސިފައިން ވެގެން ދާނީ ގަލްސް ކަނޑުގެ މަސްތަކުގެ ކާނާއަށް: އީރާން
އީރާނުގެ ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާޒްއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެ އިދާރާއިން ބުނެފައިވަނީ އީރާނާ ދެކޮޅަށް އެއްގަމު މަގުން ހިންގާ ކޮންމެ އޮޕަރޭޝަނެއް ނިމިގެންދާނީ ލަދުވެތި ގޮތަކަށް ހައްޔަރުވުމުން ކަމަށާއި، އެމެރިކާ ސިފައިން ގަލްފުގެ ކަނޑުގެ މަސްތަކުގެ ކާނާއަށް ހަދާލާނެ ކަމަށެވެ.
އީރާނުގެ އަސްކަރީ މި މަރުކަޒުން ނެރުނު ބަޔާނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި އުދުވާނުގައި ޓްރަމްޕް ބަދަލުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަތްމަތީގައި އޮތް ކުޑަކުދިން ކުޅޭ ބުދަކަށް ކަމަށް އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން، ޓްރަމްޕަށް ވިސްނެނީ ހަމައެކަނި ބާރުގެ ބަހުރުވަ ބޭނުންކުރަން ކަމަށް އީރާނުން ބުނެފައިވެއެވެ. ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށާއި، މުޅި ދުނިޔެއަށް އަދި މި ސަރަހައްދުގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
Ads by BMLއީރާނުން މިފަދަ ވަރުގަދަ އިންޒާރެއް ދީފައި މިވަނީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާޒްއަކީ އީރާނުގެ އަސްކަރީ އޮޕަރޭޝަންތައް ރާވާ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެކެވެ.
Ads by MACL
