ރައީސް ޔާމިންގެ 2 އަޑުއެހުމެއް މާދަމާ، ހެކީގެ ގޮތުގައި ތިބި ނަރީޝް، ޝުޢާއު ގައުމުން ބޭރަށް!
ކުރީގެ ރައީސް އަބްދުالله ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިން ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ޝެޑިއުލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ޝެޑިއުލް ކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.
އެހެންނަމަވެސް މި މައްސަލައިގައި ހެކީގެ ގޮތުގައި ތިއްބެވި ނަރީޝް އަދި ޝުއާއު މިވަގުތު ރާއްޖޭގައި ނޫޅޭކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.
Ads by BMLއިތުބާރުހުރި މަސްދަރަކުން މިނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ނަރީޝް އާއި ޝުއާއުއަށް މި މައްސަލައިގައި އަޑުއެހުމެއް ބާއްވާކަން ކުރީބައިގައި ވަނީ އެނގިފައެވެ. އަދި މި މައްސަލައިގައި ކޯޓަށް ވަޑައިގެން ހެކިބަސްދެއްވަން މި ބޭފުޅުން ބޭނުންނުވާކަން ވަނީ އެނގިފައެވެ. އަދި މި މައްސަލައިގެ އެއްވެސް މައުލޫމާތެއް މި ދެބޭފުޅުންނަށް ލިބިފައިނުވާކަމަށް ވެއެވެ.
މި ދެބޭފުޅުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ނުވެއެވެ.
ފުއްއްގިރި މައްސަލައިގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި 28 އޭޕްރީލް ވާ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ވަނީ ޗިޓުވެސް ފޮނުވާފައިވާވެއެވެ. އެގޮތުން އެ އަޑު އެހުމުގައި ކުރިއަށް ދާނީ ދިފާއީ ހެކިބަސް ނެގުމެވެ.
އަދި އެ އަޑު އެހުމުގައި ކުރިއަށް ދާނީ އަބްދުﷲ ރަޝީދު، އަހްމަދު ނަރީޝް، ޝުއާއުﷲ ސައީދުގެ އިތުރުން އަހްމަދު ކްރިކް ރިޒާގެ ހެކިބަސް ނެގުމެވެ.
Ads by MACL
